ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 12:43
ސެލީނާ ގޮމެޒް އާއި ޖަސްޓިން ބީބަރ، ބުދަ ދުވަހުގެ ވަގުތެއްގައި
ސެލީނާ ގޮމެޒް އާއި ޖަސްޓިން ބީބަރ، ބުދަ ދުވަހުގެ ވަގުތެއްގައި
ޓީއެމްޒީ
ހޮލީވުޑް
ސެލީނާއާއި ދަ ވީކްއެންޑް ވަކިވީ ޖަސްޓިން ބީބަރގެ ސަބަބުންތަ؟
ނިމިގެން ދިޔަ ހަފްތާ ބަންދު ތެރޭގައި ސެލީނާ އާއި ޖަސްޓިން އެކުގައި ވަނީ ފެނިފައި
ދެމީހުން ވަކިވުމާ ޖަސްޓިންއާ ގުޅުމެއް ނެތް
ވަކިވާން ނިންމީ ސެލީނާއެއް ނޫން

ހޮލީވުޑްގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ސެލީނާ ގޮމެޒް އާއި އެބެލް ޓެސްފަޔޭ ނުވަތަ "ދަ ވީކްއެންޑް" ވަކިވެއްޖެ ކަމުގެ ހަބަރުތައް ފެތުރެން ފަށައިފިއެވެ.

ދެ ލޯބިވެރިން ވަކިވުމުގެ ހަބަރުތައް ފެތުރުމުގެ ކުރިން ސެލީނާއާއި އޭނާގެ ކުރީގެ ލޯބިވެރިޔާ، ލަަވަކިޔުންތެރިޔާ ޖަސްޓިން ބީބަރގެ ފޮޓޯ ތަކެއް ސޯޝަލް މީޑިއާގައި އާންމު ވެފައިވާ އިރު، ގިނަ ފަރާތްތަކެއް ބުނަމުން ދިޔައީ ދެ މީހުން ވަކިވީ ޖަސްޓިންގެ ސަބަބުން ކަމަށެވެ.

ނަމަވެސް ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި 10 މަހަށް ފަހު ދެ މީހުން ވަކިވާން ޖެހުނީ ޝެޑިއުލްގެ ސަބަބުން އެކަކު އަނެކަކަށް ވަގުތު ނުދެވުމުގެ ސަބަބުންނެވެ. އަދި އެކަމާ ޖަސްޓިންއާ އެއްވެސް ގުޅުމެއް ނުވާކަމަށް ވެސް ޓީއެމްޒީން ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން، ވަކިވާން ނިންމީ ސެލީނާ ނޫންކަމަށާއި، އެއީ ވީކްއެންޑްގެ ނިންމުމެއްކަމަށް ރިޕޯޓް ތަކުގައި ވެއެވެ.

ސެލީނާއާއި ރަށްޓެހިވުމުގެ ކުރިން ވީކްއެންޑް ރަށްޓެހިވެގެން އުޅުނީ މަޝްހޫރު މޮޑެލް ބެލާ ހަދީދުއާއެވެ. ދާދި ފަހުން ބެލާއާއި މަޝްހޫެރު ރެޕް އާޓިސްޓް ޑްރޭކްއާ ގުޅުމެއްވާ ކަމަށް ރިޕޯޓް ކުރެވިފައިވާ އިރު، އެކަމާ ވީކްއެންޑް ހިތްހަމަ ނުޖެހިގެން އުޅޭ ވާހަކަ އަކީވެސް މުނިފޫހި ފިލިވުމުގެ ދުނިޔޭގައި ހޫނުވި ވާހަކަ އެކެވެ. ވީކްއެންޑް އަދި ޑްރޭކްއަކީ ކެނެޑާއަށް ނިސްބަތްވާ ދެ ފަންނާނުން ނެވެ.

ނިމިގެންދިޔަ ހަފްތާ ބަންދުގައި ސެލީނާއާއި ޖަސްޓިންގެ ފޮޓޯތައް އާންމުވުމާ ގުޅިގެން ފޭނުންތައް ދަނީ ސޯޝަލް މީޑިއާގައި އުފާ ފާޅުކުރަމުންނެވެ. ފަސް ވަރަކަށް އަހަރު އެކުގައި އުޅުމަށް ފަހު ސެލީނާއާއި ޖަސްޓިން ރުޅިވެފައިވަނީ 2015 ގަ އެވެ.

ސެލީނާ އާއި ޖަސްޓިންއާ އެކުގައި ފުރަތަމަ ފަހަރަށް ފެނިފައި ވަނީ ނިމިގެން ދިޔަ ހަފްތާ ބަންދު ތެރޭގައެވެ. އެއަށް ފަހު އެކުގައި ގިނަ ފަހަރަށް ފެނިފައިވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ގުޅުމާ މެދު ދެ ފަރާތުން ވެސް ބަހެއް ބުނެފައެއް ނުވެއެވެ،

- ކޮމެންޓް