ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 20:29
އެލިޓާލިއާގެ ފްލައިޓް ރާއްޖޭގެ ވަެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަށް ޖައްސާފަ
އެލިޓާލިއާގެ ފްލައިޓް ރާއްޖޭގެ ވަެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަށް ޖައްސާފަ
އެމްއޭސީއެލް
އެލިޓާލިއާގެ ޑައިރެކްޓް ފްލައި
އެލިޓާލިއާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ޖައްސަން ފަށައިފި
އެލިޓާލިއާގެ ފުރަތަމަ ޗާޓާ ފްލައިޓް ރާއްޖޭގައި ޖައްސާފައިވަނީ 1985 ވަނަ އަހަރު

އެލިޓާލިއާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ޖައްސަން ފަށައިފިއެވެ.

އިޓަލީގެ ރޯމް ސިޓީ އިން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ ބުދަ ދުވަހުގެ މެންދުރު 11.20 ހާއިރުއެވެ.

އެލިޓާލިއާގެ ފުރަތަމަ ޗާޓާ ފްލައިޓް ރާއްޖޭގައި ޖައްސާފައިވަނީ 1985 ވަނަ އަހަރުއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އިން ބުނީ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހާއި އާދިއްތަ ދުވަހާއި އަދި ހޮނިހިރު ދުވަހު ފްލައިޓްތައް އިޓަލީގެ ރޯމް ސިޓީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ 2015 ވަނަ އަހަރުގެ ފިނި މޫސުމަށް ހަމައެކަނި އެލިޓާލިއާގެ ފްލައިޓްތައް ރާއްޖެ ޖައްސާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން މި އަހަރު ޝެޑިއުލްޑް ގޮތަކަށް އެމީހުން ފްލައިޓްތައް އޮޕަރޭޓް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެލިޓާލިއާ އަކީ އިޓަލީގެ އެއަރލައިންއެކެވެ. މި އެއަރލައިން އެމީހުންގެ އޮޕަރޭޝަންސްތައް އެންމެ ފުރަތަމަ ފައްޓާފައިވަނީ 2015 ވަނަ އަހަރުގެ ޖެނުވަރީ މަހުގައެވެ.

 

 

- ކޮމެންޓް