ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފ. ނިލަންދޫއަށް ބުދަ ދުވަހުގެ ހަވީރު ވަޑައިގެންފިއެވެ.
ރައީސް ޔާމީން އެ ރަށަށް ވަޑައިގަތީ އެމަނިކުފާނު ނިލަންދެއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް ޔާމީން ވަނީ ދާލު އެއަރޕޯޓް ހުޅުއްވައިދެއްވައި މާއެނބޫދޫގެ ނަރުދަމާގެ ހިދުމަތް އިފްތިތާހް ކޮށްދެއްވާފައެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ނާއިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު ދ. ކުޑަހުވަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެ ރަށުގައި ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށެވެ.