ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 12:55
"ޕަދްމަވަތީ"ގެ ގޫމަރް ލަވައިގެ ސްކްރީން ޝޮޓެއް
"ޕަދްމަވަތީ"ގެ ގޫމަރް ލަވައިގެ ސްކްރީން ޝޮޓެއް
ޔޫޓިއުބް
"ޕަދްމަވަތީ"
"ޕަދްމަވަތީ"ގެ ވަގުތު ކުރުކޮށްފި
 
ވަގުތު ކުރުކޮށްފައި ވަނީ 193 މިނެޓަށް

ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ރިލީޒް ކުރާ "ޕަދްމަވަތީ" ގެ ވަގުތު ކުރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ކުރިން ފިލްމުގެ ދިގުމިނަކީ 210 މިނެޓެވެ. އެހެން ނަމަވެސް މިހާރު 193 މިނެޓަށް ކުރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ 1303 ވަނަ އަހަރު އިންޑިއާގައި ވެރިކަން ކުރެއްވި އަލާއުއްދީން ޚިލްޖީގެ އަނިޔާވެރި ރަސްކަމުގައި އޭނާ އަށް އެހެން ސަހަރެއްގެ ރާނީއަކު ދެކެ ލޯބިވެގެން އޭނާ ހޯދުމަށް ކުރާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މިފިލްމުގައި އެ ޝަހަރުގެ ރާނީއަކީ ޕަދްމަވަތީއެވެ.

އެ ރޯލުން ފެނިގެން ދަނީ ދިޕިކާ ޕަދުކޯންއެވެ. އަލާއުއްދީން ޚިލްޖީގެ ރޯލުން ފެނިގެންދަނީ ރަންވީރު ސިންހް އެވެ.

މި ފިލްމުގެ މިހާރު ވަނީ ލަވައެއް ރިލީޒް ކޮށްފައެވެ. އެއީ "ގޫމަރް" އެވެ. ދީޕިކާ ބުނެފައި ވަނީ މިއީ މިހާތަނަށް އޭނާ ލަވައަކަށް އެންމެ އުނަދަގޫކޮށް އެކްޓު ކުރެވުނު ލަވަ ކަމަށެވެ.

ޓްރެއިލާ ރިލީޒްކުރުމާ އެކު އެތައް ބައެއްގެ ތައުރީފު ދަނީ އެ ފިލްމަށް އޮހެމުންނެވެ. ހާއްސަކޮށް އެ ފިލްމުގައި ރަންވީރު ސިންހް އަދާކޮށްފައިވާ ރޯލަށް ލިބޭ ތަރުހީބު ވަނީ ބޮޑުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް