ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 15:17
"ހައުސް އޮފް ކާޑްސް"ގެ ތަރި ކެވިން ސްޕޭސީ
"ހައުސް އޮފް ކާޑްސް"ގެ ތަރި ކެވިން ސްޕޭސީ
ގެޓީ އިމޭޖަސް
"ހައުސް އޮފް ކާޑްސް"
ނެޓްފްލިކްސްއިން "ހައުސް އޮފް ކާޑްސް" ދެއްކުން މެދުކަނޑާލައިފި
 
މި ސީރީޒްގެ 6 ވަނަ ސީޒަން މިހާރު ދަނީ ޝޫޓް ކުރަމުން
 
ސްޕޭސީއަށް ވަނީ ކުޑަ ކުއްޖަކާ ބެހުމުގެ ދައުވާ އުފުލާފައި
 
މި ސީރީޒްގެ ފުރަތަމަ ސީޒަން ފަށާފައިވަނީ 2013 ގައި

"ހައުސް އޮފް ކާޑްސް" ދެއްކުން ނެޓްފްލިކްސް އިން މެދުކަނޑާލައިފި އެވެ.

މި ސީރީޒްގެ ފަސްވަނަ އެޕިސޯޑް މިހާރު ވަނީ މިއަހަރު ދައްކަން ނިންމާފައެވެ. އަދި 6 ވަނަ ސީޒަންގެ ޝޫޓިން މިހާރު ވަނީ ފަށާފައެވެ.

ނެޓްފްލިކްސް އިން ސަސްޕެންޑް ކޮށްފައި ވަނީ "ހައުސް އޮފް ކާޑްސް" ގެ 6 ވަނަ ސީޒަނެވެ. ނެޓްފްލިކްސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރުގެ ހާލަތު ބެލުމަށް ފަހު "ހައުސް އޮފް ކާޑްސް"ގެ ޓީމަށް ވަކި އެއްޗެއް އަންގަންދެން އެ ސީރީޒް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ ރިވިއު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ. "ހައުސް އޮފް ކާޑްސް" ގެ ފްރޭންކީ އަންޑަވުޑްގެ ކެރެކްޓާ އިން ފެނިގެންދާ  ކެވިން ސްޕޭސީ އަށް ވަނީ 1986 ވަނަ އަހަރުގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު އުފުލާފައެވެ.

އެމައްސަލަ ނެޓްފްލިކްސް އިން މިހާރު ބަލަމުންދާ ކަމަށް ބުނެ އެ ސީރީސް ސަސްޕެންޑް ކޮށްފައިވާއިރު ސަސްޕެންޝަން އުވާލާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ. ސްޕޭސީ އަށް ކޮށްފައިވާ ކުޑަކުއްޖަކާ ބެހުމުގެ ދައުވާ އުފުލުމާ އެކުހެން މީގެ ކުރިން ނެޓްފްލިކްސް އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ސްޕޭސީ އަށް ކޮށްފައިވާ ދައުވާއަށް ކަންބޮޑުވާ ކަމަށެވެ.

ސްޕޭސީގެ މައްޗަށް ދައުވާ އުފުލާފައި ވަނީ "ސްޓާ ޓްރެކް"ގެ ތަރިއެއް ކަމަށްވާ އެންތަނީ ރެޕް އާއި އޭނާގެ އުމުރުން 14 އަހަރުގައި ބެހެން އުޅުނު ކަމަށް ބުނެ ކޮށްފައިވާ ދައުވާއެވެ. "ހައުސް އޮފް ކާޑްސް" އިން ވަނީ މިހަފްތާ ތެރޭގައި އެ ސީރީޒް ހަ ވަނަ ސީޒަނުން ނިންމާލާނެ ކަމަށް ބުނެފައެވެ.

ސްޕޭސީއަށް ކޮށްފައިވާ ދައުވާގައި އޭނާ ބުނެފައި ވަނީ އެފަދަ ކަމެއް ހިނގި ކަމެއް އޭނާ މިހާރު ހަނދާނެއް ނެތް ކަމަށާއި އެފަދަ ކަމެއް ހިނގާފައިވާ ނަމަ އެންތަނީގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

އެމެރިކާގެ ކޮންގްރެސް މެމްބަރެއްގެ ދިރިއުޅުން ދައްކުވައިދޭ އަދި ސިޔާސީ މައިދާނެއްގައި ހިނގާ އެތައް ކަމެއް ދައްކުވައިދޭ "ހައުސް އޮފް ކާޑްސް" އަށް ވަނީ އެމީ އެވޯޑްސް އަދި ގޯލްޑަން ގްލޯބްސް ލިބިފައެވެ. މިއީ ވާހަކަ ލިޔުންތެރިޔާ މައިކަލް ޑޮބްސްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް