ކަރީނާ ކަޕޫރުގެ ދަރި ތައިމޫރު އަލީ ޚާންގެ ފުރަތަމަ އުފަންދުވަހަށް އޭނާގެ ބޮޑުދައިތަ އަދި އެކްޓަރ ކަރިޝަމާ ކަޕޫރު ތައްޔާރުވާން ފަށައިފިއެވެ.
ކަރިޝްމާ ބުނީ އޭނާ ހުރީ ތައިމޫރުގެ އުފަންދުވަސް އަންނާތީ ވަރަށް އުފަލުން ކަމަށާއި ތައިމޫރު އުފަންދުވަހުގައި އާއިލީ މީހުން އެއްވާ ޕާޓީއެއް ބާއްވާނެ ކަމަށެވެ. އެ ޕާޓީގައި ތައިމޫރު ލާނީ އިންޑިއާގެ ވަރަށް ސަގާފީ ހެދުމެއް ކަމަށާއި އެ ޕާޓީއަށް ދައުވަތު އަރުވާނީ ގާތްތިމާގެ މީހުންނާއި ގާތް އެކުވެރިންނަށް ކަމަށް ކަރިޝްމާ ބުންޏެވެ. އަދި އެހާ ބޮޑު ހަފްލާއެއް ތައިމޫރުގެ އުފަންދުވަހު ނުބާއްވާނެ ކަމަށް ކަރިޝްމާ ބުންޏެވެ.
ތައިމޫރުގެ އުފަންދުވަހަކީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހެވެ. ކަރިޝްމާ އެދުވަހަށް ތައްޔާރު ވަމުންދާއިރު އަދި ތައިމޫރުގެ އުފަންދުވަސް އޭނާގެ މަންމަ ކަރީނާ އާއި ބައްޕަ ސައިފް ފާހަގަ ކުރާނެ ގޮތެއް ހާމައެއް ނުކުރެއެވެ.
ކަރީނާ މިހާރު ވަނީ ވިހެއުމަށް ފަހު އޭނާ އެނބުރި އަންނަ ފިލްމު "ވީރޭ ދި ވެޑިން" ގެޝޫޓިންގައެވެ. އެހެން ނަމަވެސް އެ ނިންމާލުމަށް ފަހު އޭނާ ތިން މަހުގެ ބްރޭކެއް ނަގާނެއެވެ.
ތައިމޫރު އެންމެ ފަހުން ޕާޓީއަކުން ފެނިފައި ވަނީ އޭނާގެ ބައްޕަ ފަރާތުގެ ބޮޑުދައިތަ ސޯހާ ޚާންގެ "ބޭބީ ޝަވާ" އިންނެވެ. ސައިފް އާއި ކަރީނާ ކައިވެނި ކޮށްފައި ވަނީ 2012 ވަނަ އަހަރުގައެވެ.
ގާތްގަނޑަކަށް ހަތަރު އަހަރެއްހާ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ކަރީނާ އާއި ސައިފް ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ކައިވެންޏަށް ހަތަރު އަހަރުވީ ފަހުން ކަރީނާ އާއި ސައިފް އަށް ކުއްޖަކު ލިބުނުއިރު، މީގެ ކުރިން ކައިވެންޏެއްކޮށް ސައިފް އަށް ވަނީ ސާރާ އާއި އިބްރާހީމް ކިޔާ ދެކުދިން ލިބިފަ އެވެ.