މަޝްހޫރު ސިޔާސީ ޑްރާމާ "ހައުސް އޮފް ކާޑްސް" ސީޒަން 6 އަކާ އެކީ ނިންމާލާނެ ކަމަށް ނެޓްފްލިކްސް އިން ބުނެފިއެވެ.
މި ސީރީޒްގެ ފަސްވަނަ އެޕިސޯޑް މިއަހަރުގެ މެއިމަހުގައި ވަނީ ރިލީޒްކޮށްފައެވެ. އެމެރިކާގެ ކޮންގްރެސް މެމްބަރެއްގެ ދިރިއުޅުން ދައްކުވައިދޭ އަދި ސިޔާސީ މައިދާނެއްގައި ހިނގާ އެތައް ކަމެއް ދައްކުވައިދޭ "ހައުސް އޮފް ކާޑްސް" ނިންމާލާނީ އަންނަ އަހަރު ނެރޭ 6 ވަނަ ސީޒަނާ އެކީގައެވެ. މި ސީޒަނުގައި 13 އެޕިސޯޑް ދައްކާނެ ކަމަށް ނެޓްފްލިކްސް އިން ވަނީ ބުނެފައެވެ.
މިއީ ވާހަކަ ލިޔުންތެރިޔާ މައިކަލް ޑޮބްސްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ. މި ސީރީޒް ދައްކަން ފަށާފައި ވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުގައެވެ.
މި ސީރީޒްގައި ފެނިގެންދަނީ ކެވިން ސްޕެސީ، ފްރޭންކް އަންޑަވޫޑް، ރޮބިންސަން ރައިޓް އަދި ކްލެއާ އަންޑަވޫޑް އެވެ.
"ހައުސް އޮފް ކާޑްސް" އަށް ވަނީ އެމީ އެވޯޑްސް އަދި ގޯލްޑަން ގްލޯބްސް ލިބިފައެވެ.
ސީޒަން ނިންމާލާއިރު ސްޕޭސީގެ މައްޗަށް ވަނީ ކުޑަކުއްޖަކާއި ބެހެން އުޅުނުކަމުގެ ދައުވާ ކޮށްފައެވެ. މިކަމާ ގުޅިގެން ނެޓްފްލިކްސް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ "ހައުސް އޮފް ކާޑްސް" ގެ ތަރި އަދި އެގްޒެކެޓިވް ޕްރޮޑިއުސަރަ ސްޕޭސީގެ މައްޗަށް ކޮށްފައިވާ ދައުވާއަށް ކަންބޮޑުވާ ކަމަށެވެ. އަދި ދައުވާ ކުރުމާ ގުޅިގެން އެކުންފުނީގެ އެކްޒެކެޓިވް ޓީމުން ސްޕޭސީއާ ބައްދަލު ކުރި ކަމަށެވެ. އެކަމާ ހެދި ސްޕޭސީއަށް ވަނީ އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުންތައް އަމާޒުވެފައެވެ.
ސްޕޭސީގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ "ސްޓާ ޓްރެކް"ގެ ތަރިއެއް ކަމަށްވާ އެންތަނީ ރެޕް، އުމުރުން 14 އަހަރުގައި ބެހެން އުޅުނު ކަމަށް އެންތަނީ ބުނެ ކޮށްފައިވާ ދައުވާއެކެވެ. ސްޕޭސީ ބުނެފައި ވަނީ އެފަދަ ކަމެއް ހިނގި ކަމެއް އޭނާ މިހާރު ހަނދާނެއް ނެތް ކަމަށާއި އެފަދަ ކަމެއް ހިނގާފައިވާ ނަމަ އެންތަނީގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
"ހައުސް އޮފް ކާޑްސް" ގެ 6 ވަނަ ސީޒަން މިހާރު ދަނީ ޝޫޓް ކުރަމުންނެވެ.