ކ. މާލެ
|
29 އޮކްޓޯބަރ 2017 | އާދީއްތަ 12:16
ސާޖިދް ނަދިއަދްވާލާ ކޮށްފައިވާ ޓްވީޓް ގެ ފޮޓޯ
ސާޖިދް ނަދިއަދްވާލާ ކޮށްފައިވާ ޓްވީޓް ގެ ފޮޓޯ
ޓްވިޓަރ
ހައުސްފުލް4
"ހައުސްފުލް 4" 2019 ވަނަ އަހަރު ރިލީޒް ކުރަނީ
ފިލްމުގެ ހަރަކާތްތެރިވާ ތަރިން ވަރަށް އަވަހަށް އިއުލާން ކުރާނެ

ސާޖިދް ނަދިއަދްވާލާގެ "ހައުސްފުލް" ފްރަންޗައިޒްގެ "ހައުސްފުލް4" އަންނަ އަހަރުގެ ދިވާލީގައި ރިލީޒް ކުރާނެކަމަށް އޭނާ ބުނެފިއެވެ.

ސާޖިދް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "ހައުސްފުލް" ގޭންގް އެނބުރި އައިސްފިކަމަށާއި ފިލްމު 2019 ވަނަ އަހަރު ދިވާލިގައި އަޅުވާނެކަމަށެވެ.

"ހައުސްފުލް 4" ޑައިރެކްޓް ކުރާނީ ސާޖިދް ޚާން އެވެ. އެހެން ނަމަވެސް އޭނާގެ ޓްވީޓުގައި މި ފިލްމުން ފެންނާނެ ތަރިން ބުނެފައެއް ނުވެއެވެ.  އެޓްވީޓުގައި ބުނެފައިވަނީ ފިލްމުގެ ހަރަކާތްތެރިވާ ތަރިން ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށެވެ.

މި ފިލްމްގައި "ހައުސްފުލް" ފްރެންޗައިޒްގެ އޮރިޖިނަލް ކާސްޓް ކަމަށްވާ އަކްޝޭ ކުމާރް، ރިތޭޝް ދޭޝްމުކް އަދި ބޯމަން އިރާނީ ވެސް ބައިވެރިވާނެ ކަމަށް ލަފާކުރެވޭކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.  

"ހައުސްފުލް1" ސިނަމާތަކަށް އައިސްފައިވަނީ 2010 ވަނަ އަހަރުގައެވެ. "ހައުސްފުލް2" 2012 ވަނަ އަހަރު އަދި "ހައުސްފުލް3" އައިސްފައިވަނީ 2016 ވަނަ އަހަރުގައެވެ. އެ ތިން ފިލްމަކީވެސް ބެލުންތެރިންގެ ތަރުހީބު ލިބިފައިވާ 3 ފިލްމެވެ.

- ކޮމެންޓް