ކ. މާލެ
|
29 އޮކްޓޯބަރ 2017 | އާދީއްތަ 10:20
އަކްޝޭ ކުމާރާއި ރަޖްނިކާންތު
އަކްޝޭ ކުމާރާއި ރަޖްނިކާންތު
ގެޓީ އިމޭޖަސް
ފިލްމު "2.0"
ފިލްމު "2.0" އޯޑިއޯ ލަވަ އަލްބަމް ރިލީޒް ކޮށްފި
މި ލަވަ އަލްބަމްގައި ހިމެނެނީ 3 ލަވަ
މި ފިލްމު ރިލީޒް ކުރާނީ މިއަންނަ އަހަރު ޖެނުއަރީ މަހުގެ ފަހުކޮޅު
ތިން ބަހަކުން ރިލީޒް ކުރާނެ، އަދި 15 ބަހަކުން ޑަބް ކުރާނެ

އަކްޝޭ ކުމާރާއި ރަޖްނިކާންތު ލީޑް ރޯލުން ފެނިގެންދާ ފިލްމު "2.0" ގެ އޯޑިއޯ ލަވަ އަލްބަމް ރިލީޒް ކޮށްފިއެވެ.

މި އަލްބަމް ރިލީޒްކޮށްފައިވަނީ ދުބާއީގައި ހޮނިހިރު ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި އަކްޝޭގެ އިތުރުން ކަރަން ޖޯހަރާއި، އެމީ ޖެކްސަން، ރާނާ ދައްގުބަތީ، އޭއާރު ރަހުމާން ފަދަ ފަންނާނުން ވަނީ ބައިވެރިވެފައެވެ.

"2.0" ރިލީޒް ކުރާނީ ތިންބަހުންނެވެ. އެއީ ތަމަޅަ ތެލުގޫ އަދި ހިންދީ ބަހުންނެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އެސް ޝަންކަރެވެ. ޕްރޮޑިސް ކޮށްފައިވަނީ ސުބަސްކަރަން އެވެ.ގާތްގަނޑަކަށް4.5 ބިލިއަން ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމު 15 ބަހަކުން ޑަބް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަންނަ އަހަރު ޖެނުއަރީ މަހުގެ ފަހުކޮޅު ރިލީޒް ކުރާ މި ފިލްމުގެ އޯޑިއޯ ލަވަ އަލްބަމް ރިލީޒް ކުރުމުގެ ހަފްލާގައި ވާހަކަދައްކަމުން އަކްޝޭ ބުނީ އޭނާ އަށް މި ފިލްމު ކުޅުމަށް ފުރުސަތު ދިނީތީ ރަޖިނީ އަށް ޝުކުރު އަދާ ކުރާކަމަށާއި ރަޖިނީ އަކީ އަސްލު ފިލްމީ ބަތަލެއްކަމަށެވެ.  އަކްޝޭ ބުނީ އޭނާގެ 130 ފިލްމު މިހާތަނަށް ރިލީޒްކޮށްފައިވާކަމަށާއި "2.0" އަކީ އޭނާގެ 131 ވަނަ ފިލްމު ކަމަށެވެ.  އަދި އެ 130 ފިލްމު ކުޅުނު އިރު އޭނާއަށް ދަސްނުވާ ވަރަށް ގިނަ އެއްޗެހިތަކެއް އޭނާއަށް "2.0" އިން ދަސްވެފައިވާ ކަމަށް އަކްޝޭ ބުންޏެވެ.  

މަޝްހޫރު މިއުޒީޝަން އޭއާރު ރަހުމާން ކޮމްޕޯސް ހަދާފައިވާ "2.0" ގެ މި ލަވަ އަލްބަމްގައި ހިމެނެނީ 3 ލަވައެވެ.

- ކޮމެންޓް