ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 10:05
ސަލްމާން ޚާން
ސަލްމާން ޚާން
ގޫގުލް
"ބާރަތު"
"ބާރަތު" ރިލީޒް ކުރާނީ 2019 ގައި
ޝޫޓިން ފަށާނީ 2018 ގައި

ސަލްމާން ޚާން ގެ ފިލްމު "ބާރަތު" ރިލީޒް ކުރާނީ އަންނަ އަހަރުގައި ކަމަށް އޭނާ ބުނެފިއެވެ.

ސަލްމާން ބުނީ "ބާރަތު" ނެރުމަށް މަސައްކަތް ކުރަނީ އަންނަ އަހަރުގެ ފިތުރު އީދާއި ދިމާކޮށް ކަމަށާއި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަބޫދާބީ،ސްޕެއިން އަދި އިންޑިއާގައެވެ.

އަދި މިހާތަނަށް މި ފިލްމަށް ކާސްޓުން ނަގާފައެއް ނުވެއެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމަށް ކާސްޓުން ވަރަށް އަވަހަށް ހަމަޖައްސާނެއެވެ.

ސަލްމާން ޚާން އެންމެ ފަހުން ރިލީޒް ކުރި "ޓިއުބްލައިޓް" ވެސް ރިލީޒް ކޮށްފައިވަނީ މިދިޔަ އީދުގައެވެ. އެހެން ނަމަވެސް އެ ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބި ފިލްމު ވަނީ ފްލޮޕް ވެފައެވެ. އޭނާ ވަނީ

"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް5.5 ބިލިއަން ރުޕީސް ފިލްމު ފްލޮޕްވުމާއި ގުޅިގެން އަނބުރާ ދީފައެވެ. "ޓިއުބްލައިޓް" ގެ އެންމެ ބޮޑު ނާކާމިޔާބީއަކީ އެހާ ރަނގަޅު ޓްރެއިލާއެއް ނުނެރެވުން ކަމަށް އެނަލިސްޓުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފިލްމުން އާންމުންނަށް ދޭން ބޭނުންވި މެސެޖް ނުދެވުނުކަމަށް ވެސް ވަނީ ބުނެފައެވެ. "ބާރަތު" ވެގެން ދާނީ 2011 ގެ އީދުގައި ރިލީޒް ކުރި"ބޮޑީގާޑް" އަށް ފަހު ޕްރޮޑިއުސަރު އަތުލް އަގްނިހޯތްރީ ސަލްމާން އާއިއެކު މަސައްކަތް ކުރާނެ ފުރަތަމަ ފަހަރަށެވެ.

- ކޮމެންޓް