ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 12:11
"ސާހޯ"ގެ ތަރި ޕްރަބާސް: މިހާތަނަށް އިންޑިއާގެ ފިލްމަކަށް އެންމެ ބޮޑު އާމްދަނީ ލިބުނު އެއް ފިލްމު ކަމަށްވާ "ބާހްބަލީ 2" ކުޅެފައިވަނީ ޕްރަބާސް
"ސާހޯ"ގެ ތަރި ޕްރަބާސް: މިހާތަނަށް އިންޑިއާގެ ފިލްމަކަށް އެންމެ ބޮޑު އާމްދަނީ ލިބުނު އެއް ފިލްމު ކަމަށްވާ "ބާހްބަލީ 2" ކުޅެފައިވަނީ ޕްރަބާސް
ރިޒްނާ ޒަރީރު
ފިމްލު "ސާހޯ"
"ސާހޯ"ގެ ތަރި ޕްރަބާސްގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
"ސާހޯ" ގެ ޝޫޓިން މިހާރު ވަނީ ފަށާފައި

މިހާތަނަށް އިންޑިއާގެ ފިލްމަކަށް އެންމެ ބޮޑު އާމްދަނީ ލިބުނު އެއް ފިލްމު ކަމަށްވާ "ބާހްބަލީ 2" ޝޫޓް ކުރިތާ ހަތަރު އަހަރު ފަހުން އެފިލްމުގެ އެކްޓަރ ޕްރަބާސް އޭނާގެ އެންމެ ފަހުގެ ފިލްމު "ސާހޯ" ގައި އޭނާގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

 

އޮކްޓޯބަރ 23 އަކީ ޕްރަބާސްގެ އުފަން ދުވަސް ކަމަށްވާއިރު އޭނާގެ އުފަން ދުވަހާއި ދިމާކޮށް ނެރުނު ޕޯސްޓަރަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

 

"ބާހްބަލީ" ގެ ފިމްލުތަކުން އޭނާ ފެނުނު ގޮތާއި މުޅިން ހިލާފަށް މި ޕޯސްޓަރުން ފެންނަ ގޮތުގައި އޭނާ ފެންނަނީ ކޯޓާއި އެކު މާރސްކް އަޅައިގެން ހުންނަ މަންޒަރެވެ. އެހެންކަމުން ގިނަ ބަޔަކު ދަނީ ޕްރަބާސް "ސާހޯ" އިން ފެނިގެންދާނެ ކަރެކްޓަރ އާއި މެދު ބަހުސް ކުރަމުންނެވެ.

 

"ސާހޯ" ގައި ޕްރަބާސްއާ އެކު ފެނިގެންދާނީ ހިންދީ ފިލްމު އެކްޓަރ ޝްރައްދާ ކަޕޫރާއި ނީލްނިތިން މުކޭޝް އަދި ޖެކީ ޝްރޮފްއެވެ. ސަތޭކާ ފަންސާސް ކްރޯޑުގެ ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ މަންޒަރުތައް ނަގަނީ ހާއްސަކޮށް ތައްޔާރުކުރާ ސެޓެއްގަ އެވެ.

 

މި ފިލްމު ތިން ބަހަކުން ޑަބް ކޮށްގެން ގެނެސްދޭނެއެވެ.

 

"ބާހުބަލީ" ފްރަންޗައިޒް ޕްރަބާސް ކުޅެފައި ވަނީ 25 ކުރޯޑް އިންޑިއަން ރުޕީސްއަށެވެ. ފަހުން އޭނާ ވަނީ ފިލްމު ކުޅެދޭއަގު 30 ކުރޯޑަށް ބޮޑުކޮށްފައެވެ.

 

 

- ކޮމެންޓް