ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 06:38
"ބްލޫ އޭޕްރަން" އިން ޑެލިވަރ ކޮށްދޭ ބައެއް ސާމާނު
"ބްލޫ އޭޕްރަން" އިން ޑެލިވަރ ކޮށްދޭ ބައެއް ސާމާނު
ގޫގުލް
ކާބޯތަކެތި
އެމެރިކާގެ "ބްލޫ އޭޕްރަން" އިން މުވައްޒަފުން މަދު ކުރަން ނިންމައިފި
މި ކުންފުންޏަކީ 2012 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ހިންގަމުން އަންނަ ކުންފުންޏެއް

އެމެރިކާގެ "ބްލޫ އޭޕްރަން" ކުންފުނިން މުވައްޒަފުން މަދު ކުރަން ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކުންފުނިން ހަ ޕަސަންޓުގެ މުވައްޒަފުން މަދުކުރާނެއެވެ.

މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމީ ކުންފުންޏަށް މުވައްޒަފުން ބޭނުން ނުވާތީ އާއި އިތުރު މަޤާމުތަށް ކުންފުނީގައި އުފެއްދުމަށް ކަމަށް ތަފާތު ރިޕޯޓްތައް ބުނެއެވެ.

"ބްލޫ އޭޕްރަން" އަކީ ކާބޯތަކެތި އުފައްދާ، ކާއެއްޗެހި ކައްކަން ބޭނުންވާ ސާމާނު ޑެލިވަރ ކޮށްދޭ ކުންފުންޏެކެވެ. އެގޮތުން ތަފާތު ވައްތަރުގެ ތަރުކާރީ އާއި މޭވާ އެ ކުންފުނިން ޑެލިވަރ ކޮށްދެއެވެ. އަދި އެ ކުންފުނިން ކެއުންތައް ތައްޔާރުކޮށް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2016 ވަނަ އަހަރާއި ހަމައަށް 8 މިލިއަން ކަސްޓަމަރުންނަށް ކުންފުނިން ވަނީ ޙިދުމަތް ފޯރުކޮށްދީފައެވެ.

މި ކުންފުންޏަކީ 2012 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ހިންގަމުން އަންނަ ކުންފުންޏެކެވެ.

 

- ކޮމެންޓް