ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 21:54
އިންޑިއާގެ ފުރަތަމަ ޑަބްލިއުޑަބްލިއުއީ އަންހެން ރެސްލަރ ކަވީތާ ދޭވީ
އިންޑިއާގެ ފުރަތަމަ ޑަބްލިއުޑަބްލިއުއީ އަންހެން ރެސްލަރ ކަވީތާ ދޭވީ
ގޫގުލް
ރެސްލިންގ
އިންޑިއާގެ ފުރަތަމަ ޑަބްލިއުޑަބްލިއުއީ އަންހެން ރެސްލަރަކަށް ކަވީތާ ދޭވީ
ޑަބްލިއުޑަބްލިއުއީ ދާދިފަހުން ވަނީ ފުރަތަމަ އަރަބި އަންހެން ރެސްލަރގެ ގޮތުގައި އުރުދުންގެ ޝަދިއާ ސެއިސޯވެސް ރެކްރޫޓްކޮށްފަ

ވަރލްޑް ރެސްލިންގ އެންޓަރޓެއިންމަންޓް (ޑަބްލިއުޑަބްލިއުއީ) އިން ބަލައިގަތް އިންޑިއާގެ ފުރަތަމަ އަންހެން ރެސްލަރުގެ ޝަރަފު ކަވީތާ ދޭވީއަށް ލިބިއްޖެއެވެ.

 

ބަރު އުފުލުންތެރިއެއްގެ ގޮތުގައި ކުރިން ފެނިގެން ގޮސްފައިވާ ކަވީތާ އަކީ ޑަބްލިއުޑަބްލިއުއީއިން ބަލައިގަތް އިންޑިއާގެ ފުރަތަމަ އަންހެން ރެސްލަރުގެ އިތުރުން، ޑަބްލިއުޑަބްލިއުއީގެ ރިންގެއްގައި ފެނިގެންދިޔަ އިންޑިއާގެ ފުރަތަމަ އަންހެނާއެވެ. އެގޮތުން މި އަހަރު ކުރިއަށްގެންދިޔަ މޭ ޔަންގް ކްލެސިކް ވުމަންސް ޓޯނަމަންޓްގައި ބައިވެރިވެ، ޑަބްލިއުޑަބްލިއުއީގެ ރިންގެއްގައި ރެސްލް ކޮށްފައެވެ.

 

ރެސްލިންގގެ ދާއިރާއިން ކުރިއަށް ދިއުމަށް ކަވީތާ ޓްރެއިނިންގ ހަދާފައިވަނީ އިންޑިއާގެ މަޝްޙޫރު ރެސްލަރ، ދި ގްރޭޓް ކާލީ (ދަލިޕް ސިންގ ރާނާ) ގެ ރެސްލިންގ އިންސްޓިޓިއުޓްގައެވެ.

 

ރިޕޯޓްތައް ބުނާ ގޮތުގައި ފްލޮރިޑާގެ އޯލޭންޑޯގައި ހުންނަ ޑަބްލިއުޑަބްލިއުއީ ޕަރފޯމަންސް ސެންޓަރުގައި ކަވީތާގެ ރަސްމީ ޓްރެއިނިންގ ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

ޑަބްލިއުޑަބްލިއުއީއަށް އިންޑިއާގެ އަންހެން ރެސްލަރެއް އަލަށް ރެކްރޫޓް ކުރިއިރު، ޑަބްލިއުޑަބްލިއުއީ ދާދިފަހުން ވަނީ ފުރަތަމަ އަރަބި އަންހެން ރެސްލަރގެ ގޮތުގައި އުރުދުންގެ ޝަދިއާ ސެއިސޯވެސް ރެކްރޫޓްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް