ރީފްސައިޑް "މަރުހަބާ ރަމަޟާން 2017" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.
ރީފްސައިޑް ޓީވީ ސްޓޯރުގައި އަންގާރަ ދުވަހު ބޭއްވި ގުރުއަތުލުމުގައި އެއްވަނަ، ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ އަށް ދިޔަ ފަރާތްތައް ވަނީ ހޮވާފައެވެ.
ގުރުއަތުން ހޮވުނު ފަރާތްތަކަކީ:
| 1 | އަހްމަދު ޒާހިރު | |
| 2 | އަޖިތް | |
| 3 | ނިޝާންތާ | |
| 4 | މަރިޔަމް ނަޒާހާ | |
އެއްވަނަ އަށް ދިޔަ ފަރާތުގެ އިނާމަކީ އޮޓޮމެޓިކް ރާޑޯ ކަޕްލް ގަޑިއެކެވެ. އަދި ދެވަނަ އަށް ދިޔަ ފަރާތަށް ބޯސް ސައުންޑް ޓަޗް 300 ސިސްޓަމް އެއް ދިނުމަށް ހަމަޖެހިފައިވާއިރު ތިންވަނަ އިނާމަކީ ސޮނީ ޕްލޭޝްޓޭޝަން 4 ޕްރޯ އެކެވެ. އަދި ހަތަރުވަނަ އިނާމަކީ ގޯޕްރޯ ހީރޯ 5 ކެމެރާ އެކެވެ.
ރީފްސައިޑްގެ މާކެޓިންގ އެގްޒެކެޓިވް މުހައްމަދު އަހުސަން ވިދާޅުވީ، މިފަހަރު ގުރުއަތުން ހޮވުނު ކަސްޓަމުރަންނަށް ދޭން ނިންމާފައިވަނީ ވަރަށް އަގު ބޮޑު އިނާމުތަކެއް ކަމަށާއި އެގޮތުން ކަޕްލް ރާޑޯ ގަޑީގެ އަގު އެކަނި 50،000 ރުފިޔާއަށް އަރާ ކަމަށެވެ.
ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.
އަހުސަން އިތުރަށް ވިދާޅުވީ އިނާމްތައް ބަލާ ދުރުވާއިރު ހުރިހާ ބޭފުޅުންވެސް އައިޑީކާޑު ހިއްޕަވައިގެން ދުރުވުމަށް އެދިލައްވާ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތްތަކަށް ދެ ހަފްތާ ތެރޭގައި ނުގުޅިއްޖެނަމަ އިތުރު އެހެން ނަސީބުވެރިއެއް ހޮވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަސީބުވެރި ފަރާތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރާނެ ކަމަށް ރީފްސައިޑުން ބުންޏެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
