ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 15:20
ޕާކިސްތާން ކްރިކެޓް ޓީމު
ޕާކިސްތާން ކްރިކެޓް ޓީމު
ޓްވިޓަރ
ޕާކިސްތާން ކްރިކެޓް
2009 ވަނަ އަހަރަށްފަހު ޕާކިސްތާނަށް ދާން ސްރީލަންކާ ކްރިކެޓް ޓީމު އެއްބަސްވެއްޖެ
ޕާކިސްތާން އަދި ސްރީލަންކާ ބައްދަލުކުރާ މެޗު އޮތީ މި މަހު 29 ގައި

2009 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޕާކިސްތާނަށް ދާން ސްރީލަންކާ ގައުމީ ކްރިކެޓް ޓީމު އެއްބަސްވެއްޖެއެވެ.

ޕާކިސްތާނުގައި ކުޅޭ ޓީ ޓުވެންޓީ އިންޓަނޭޝަނަލް ކްރިކެޓް މުބާރާތުގައި ސްރީލަންކާ އަދި ޕާކިސްތާން ވާދަކުރާ މެޗު އޮންނާނީ މި މަހު 29 ވާ އާދީއްތަ ދުވަހުއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލާހޯރް ގައްޒާފީ ސްޓޭޑިއަމްގައެވެ.

މުބާރާތްތަކަށް ޕާކިސްތާނަށް ދިއުން ޓީމުތަކުން ހުއްޓާލީ ބަޑީގެ ހަމަލާއެއްގައި ހަ ފުލުސް އޮފިސަރުން މަރާލައި، ސްރީލަންކާގެ ބައެއް ކްރިކެޓް ކުޅުންތެރިން އަދި ކޯޗުންން ޒަހަމްވި ހާދިސާއަށްފަހުއެވެ.

ސްރީލަންކާއިން ޕާކިސްތާނަށް ދިޔުމަށް އެއްބަސްވީ ދެގައުމުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ މަޝްވަރާއަށްފަހު، ސަލާމަތީކަންކަން އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވުމުންނެވެ.

މިދިޔަ މަހު ޕާކިސްތާނުން ވަނީ ޓުވެންޓީ ޓުވެންޓީގެ ތިން މެޗެއް ހޮސްޓްކޮށްފައެވެ. އެ ހުރިހާ މެޗެއްވެސް ކުޅެފައިވަނީ ވަރަށް ބޮޑަށް ސަލާމަތީކަންކަން ވަރުގަދަކުރުމަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް