ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 11:58
ރޯއި ޑޮޓްރައިސް
ރޯއި ޑޮޓްރައިސް
ގެޓީ އިމޭޖަސް
"ގޭމް އޮފް ތްރޯންސް"
"ގޭމް އޮފް ތްރޯންސް" ގެ ރޯއި ޑޮޓްރައިސް މަރުވެއްޖެ
އޭނާ މަރުވީ 94 އަހަރުގައި

އެޗްބީއޯ ޗެނަލުން ދައްކާ ޑްރާމާ ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ ރޯއި ޑޮޓްރައިސް އުމުރުން 94 އަހަރުގައި މަރުވެއްޖެއެވެ.

ޑޮޓްރައިސް މަރުވެފައިވަނީ ލަންޑަނުގައި ހުންނަ އޭނާގެ ގޭގައި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ޑޮޓްރައިސް އިން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ  ޑޮޓްރައިސް މަރުވެފައިވަނީ އާއިލާގެ ހާޒިރުގައި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގައި ކަމަށެވެ.އަދި އެއީ ކުއްލި މަރެއްކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. 

އޭނާ އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކީ "ދަ ހީރޯސް އޮފް ޓެލެމާކް"(1965) އެވެ.

"ގޭމް އޮފް ތްރޯންސް" ގެ އިތުރުން ޑޮޓްރައިސް ކުޅެފައިވާ ސީރީޒްތަކުގެ ތެރޭގައި "ޝަކަ ޒުލު"، "މރ. އެންޑް މިސް ސްމިތު" އަދި "ލައިފް ބިގިންސް" ހިމެނެއެވެ.

އޭނާ މަރުވިއިރު 3 ދަރިން ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް