ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 18:51
ޗޮއިރުލް ހޫޑާ - އޭނާ މަރުވެފައިވަނީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އޭނާގެ މޭޔަށް ޑިފެންޑަރުގެ ފައިން އަރައިގެން ލިބުނު އަނިޔާއަކާ ގުޅިގެން
ޗޮއިރުލް ހޫޑާ - އޭނާ މަރުވެފައިވަނީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އޭނާގެ މޭޔަށް ޑިފެންޑަރުގެ ފައިން އަރައިގެން ލިބުނު އަނިޔާއަކާ ގުޅިގެން
ގޫގުލް
ފުޓްބޯޅަ ކުޅުންތެރިޔަކު މަރުވު
ދަނޑު މަތީގައި ލިބުނު އަނިޔާއެއްގައި އިންޑޮނޭޝިއާގައި ކުޅުންތެރިޔަކު މަރުވެއްޖެ
އޭނާ މަރުވެފައިވަނީ މޭ މަތީގައި ޑިފެންޑަރުގެ ފައިން ބާރަށް ޖެހުމުން ނޭވާ ލާން އުނދަގޫ ވެގެން
ހޫޑާއަށް އަނިޔާވެ އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ރެފްރީ ވަނީ މި މެޗު ކުރިޔަށް ގެންގޮސްފަ
ހޫޑާގެ ފުޓްބޯޅަ ކެރިއަރުގައި 500 އަށް ވުރެ ގިނަ މެޗު އޭނާ ކުޅެފައިވޭ

އިންޑޮނޭޝިއާގެ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރެއިން ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުންތެރިޔަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިއާގެ ފުރަތަމަ ޑިވިޝަނުގައި ޕެރްސެލާ އާއި ސެމެން ޕަޑަންގް ވާދަކުރި މެޗުގައި ލިބުނު އަނިޔާއަކާއި ގުޅިގެން މަރުވެފައި ވަނީ ޕެރްސަލާގެ ގޯލަށް ކުޅެމުންދިޔަ އުމުރުން 38 އަހަރުގެ ކީޕަރު ޗޮއިރުލް ހޫޑާއެވެ. އޭނާއަށް އަނިޔާވެފައި ވަނީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އޭނާގެ މެޔަށް ޑިފެންޑަރުގެ ފައިން އަރައިގެންނެވެ.

ޑޮކްޓަރުންނާ ހަވާލާދީ އެ ކްލަބުގެ ރަސްމީ ވެބްސައިޓުގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭނާ މަރުވެފައިވަނީ މޭ މަތީގައި ޑިފެންޑަރުގެ ފައިން ބާރަށް ޖެހުމުން ނޭވާ ލާން އުނދަގޫ ވެގެން ކަމަށާއި ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ޑޮކްޓަރުންގެ ޓީމުން އޭނާ ސަލާމަތްކުރަން ކުރި މަސައްކަތް ނާކާމިޔާބުވި ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެނެވުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށާއި އޭރު ވެސް އޭނާ ސަލަމާތް ކުރުމަށް ޑޮކްޓަރުން ދިޔައީ މަސައްކަތް ކުރަމުން ކަމަށް މި ބަޔާނުގައި ވެއެވެ.

ހޫޑާއަށް އަނިޔާވެ އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ރެފްރީ ވަނީ މި މެޗު ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ޕެރްސަލާއިން ވަނީ ދެ ލަނޑު ސުން ލަނޑުން ސެމެން ޕަޑަންގް ބަލިކޮށްފައެވެ.

ޕެރްސަލާއިން ބުނެފައިވަނީ ހޫޑާގެ ހަނދާނުގައި އެތައް ހާސް ސަޕޯޓަރުންނެއް މަގުމައްޗަށް ނުކުތް ކަމަށާއި އަދި އެތަށް ހާސް ސަޕޯޓަރުންނެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ހިތާމަ ފާޅު ކުރަމުންދާ ކަމަށެވެ. ހޫޑާގެ ފުޓްބޯޅަ ކެރިއަރުގައި 500 އަށް ވުރެ ގިނަ މެޗު އޭނާ ކުޅެފައިވާއިރު އޭނާ ކުޅެފައިވަނީ ހަމައެކަނި ޕެރްސަލާއަށްކަން ފާހަގަ ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް