ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 09:02
ތުމާރީ ސޫލޫ
ތުމާރީ ސޫލޫ
ގެޓީ އިމޭޖަސް
ތުމާރީ ސޫލޫޫ
"ތުމާރީ ސޫލޫ": ވިދްޔާގެ އެކްޓިންއަށް ބޮޑު ތައުރީފެއް
މި ފިލްމު ނިކުންނާނީ މިމަހުގެ 17 ގައި

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ނެރޭ "ތުމާރީ ސޫލޫ"ގައި ވިދްޔާގެ އެކްޓިންއަށް ބޮޑު ތައުރީފެއް ދަނީ އޮހެމުންނެވެ.

އެ ފިލްމުގެ ދެވަނަ ޓްރެއިލާ އާންމު ކުރުމާއެކު ވިދްޔާގެ އެކްޓިން މި ފިލްމުގައި ވަރަށް ފުރިހަމަ ވާނެ ކަމަށާއި މި ފިލްމު ބަލާމީހުންނަށް އުފާވެރިކަން ގެނެސްދޭނެކަމަށް ޓްރެއިލާ ބެލި މީހުން ވަނީ ބުނެފައެވެ.

މި ފިލްމުގެ ދެވަނަ ޓްރެއިލާ އާންމު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގައެވެ. ދެ ދުވަސް ތެރޭގައި އެ ޓްރެއިލާއަށް ވަނީ ހަތަރު މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައެވެ. މި ފިލްމުގެ ޓްރެއިލާ މިހާ ގިނަ އަދަދެއްގެ ބަޔަކު ބަލާފައި މިވަނީ ފިލްމުގައި ވިދްޔާ ބާލަންގެ މޮޅު އެކްޓާއި ކެރެކްޓާ ކަމުދާތީކަމަށް އިންޑިއާގެ ނޫސްތަކުގައި ވެއެވެ.

"ތުމާރީ ސޫލޫ" ގެ ޓްރެއިލާ އާންމު ކުރުމާއެކު ބޮލީވުޑްގެ ފަންނާނުންވެސް ވަނީ މި ޓްރެއިލާއަށް ތައުރީފުކޮށްފައެވެ. އެގޮތުން ޕްރޮޑިއުސަރ ކަރަން ޖޯހަރާއި އެކްޓަރ އަނިލް ކަޕޫރު ހިމެނެއެވެ.ކުރިން "ތުމާރީ ސޫލޫ" ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ ޑިސެމްބަރު 1 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް ފަހުން ވަނީ ނޮވެމްބަރ 24 އަށް އަވަސްކޮށްފައެވެ.

"ތުމާރީ ސޫލޫ" ގައި ވިދްޔާ ބާލަން އެކްޓް ކޮށްފައިވަނީ ގެވެހި އަންބެއްގެ ގޮތުގައެވެ. އަދި އޭނާ ޝޯއެއް ހޮސްޓް ކުރާތަން ވެސް ޓްރެއިލާއިން ފެނެއެވެ.މި ފިލްމުގައި ވިދްޔާގެ އިތުރުން ފެނިގެން ދާނީ މަނަޗް ކައުލް އެވެ. އޭނާ އަކީ ވިދްޔާގެ ފިރިމީހާގެ ރޯލު އަދާކުރާ އެކްޓަރެވެ. އަދި ނޭހާ ދޫޕިޔާ ވެސް ފިލްމުން ފެނިގެން ދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް