ކ. މާލެ
|
15 އޮކްޓޯބަރ 2017 | އާދީއްތަ 17:25
ވަޓްފޯޑް އިން ފަހުވަގުތު ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ވަޓްފޯޑް އިން ފަހުވަގުތު ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ފަހުވަގުތު އާސެނަލްގެ މައްޗަށް ވަޓްފޯޑް ކުރިހޯދައިފި
ވަޓްފޯޑް ވަނީ 15 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައި
އާސެނަލް ވަނީ 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައަށް ވެއްޓިފައި

ޕްރިމިއާ ލީގުގައި ފަހުވަގުތު އާސެނަލްގެ މައްޗަށް ވަޓްފޯޑް ކުރިހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ ވަޓްފޯޑްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ވަޓްފޯޑް ދަނޑުގައި ކުޅުނު މެޗުގައި ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އާސެނަލްއެވެ. އެގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ.

މި ލަނޑު 39 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މަޓަސެކާއެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި ވަޓްފޯޑް އަށް ވެސް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވަޓްފޯޑްގެ މައްޗަށް އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ އާސެނަލްއެވެ. އެހެންނަމަވެސް 71 ވަނަ މިނެޓުގައި އާސެނަލް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑީނީއެވެ.

މި ލަނޑަށްފަހު ވަޓްފޯޑް އިން ކުޅުން ރަނގަޅުކޮށްފައިވާއިރު، އެޓީމުން ދިޔައީ އާސެނަލްގެ ހާފަށް ބާރުބޮޑުކުރަމުންނެވެ. މީގެއިތުރުން އާސެނަލް އިން ވެސް ދިޔައީ ވަޓްފޯޑްގެ ގޯލަށް ނުރައްކާކުރަމުންނެވެ.

ވަޓްފޯޑް އަށް ފަހަތުން އަރާ މެޗުގެ ލީޑު ހޯދަދިނީ ކްލެވަލީއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ އިތުރުވަގުތުގެ ތެރޭގައެވެ.

މި ނަތީޖާއާއެކު ވަޓްފޯޑް ވަނީ ކުޅުނު 8 މެޗުން 15 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި އާސެނަލް ވަނީ 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައަށް ވެއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް