ތާލިބާނުން ރަހީނުކޮށްފައި ހުރި ކެނެޑާގެ ރައްޔިތެއްގެ އަންހެން ދަރިފުޅު މަރާލައި އަންހެނުން ރޭޕް ކޮށް އެ ގްރޫޕުން ހިންގާފައިވާ "މޮޔަ އަދި ޝައިތާނީ" އަމަލު ތަކުގެ ވާހަކަ ހާމަކޮށްފިއެވެ.
ފަސް އަހަރެއްހާ ދުވަހު ރަހީނެއްގެ ގޮތުގައި ހުރުމަށް ފަހު ކެނެޑާއަށް ގޮސް މަތިންދާ ބޯޓުން ފޭބިި ގޮތަށް ޖޯޝުއާ ބޮއިލް އޭނާގެ އަންހެނުން ކެއިޓްލަން ކޯލްމަންއާ ކުދިންނާއެކު ހުރެ ނޫސްވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.
އެ މީހުން ރަހީނުކޮށްފައި ވަނީ 2012 ވަނަ އަހަރު އަފްޣާނިސްނުގެ ތެރޭގައި އުޅެމުން ދަނިކޮށެވެ.
ކެއިޓްލަން ގެ ބައްޕަ ބުނީ އެފަދަ ނުރައްކާތެރި ގައުމަކަށް ދަތުރު ކުރަން ނިންމި ނިންމުމަކީ"އެޅުނު ޅައެއްޗެއް"ކަމަށެވެ.
ދެ ފަރާތުގެ މައިންބަފައިން ވެސް ކުރިން ގެންދިޔައީ ފުރަތަމަ ކަމަކަށް އެ ދެމީހުން އަފްޣާނިސްތާނަށް ދިޔައީ ކީއްވެތޯ ސުވާލު ކުރަމުންނެވެ.
"އަހަންނަށް ބުނެވޭނީ ބަލިވެ އިން އަނބިމީހާ އެފަދަ ނުރައްކާތެރި ތަނަކަށް ގެންދިއުމަކީ އަހަރެން ކަހަލަ މީހަކަށް ބުއްދި ހަމަނުޖެހޭ ކަމެއް ކަމަށް" ބުދަ ދުވަހު ދެމަފިރިން ސަލާމަތްވެގެން އައުމުން އޭބީސީ ނިއުސްއަށް ޖިމް ކޯލްމަން ބުންޏެވެ.
"އަހަންނަކަށް ޚިޔާލަށް ވެސް ނުގެނެވޭ އަހަރެން އެކަހަލަ ކަމެއް ކުރަނިކޮށް. އެކަމަކު އަހަންނަށް ހީވަނީ އެއީހެން އަހަންނަށް އެކަމާ ބެހޭގޮތުން ބުނެވޭނެ ހާވެސް އެއްޗަކީ"
ޓޮރޮންޓޯގެ ޕިއަރސަން އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބޮއިލް ބުނީ ދެމަފިރިން ރަހީނު ކުރީ "އެންޖީއޯ އެއްވެސް ނެތް އެހީދޭ ބަޔަކު ވެސް ނެތް އަދި ސަރުކާރެއް ވެސް ނެތް" ތާލިބާނުން ކޮންޓްރޯލް ކުރާ ސަރަހައްދެއްގައި އަވަށުގެ މީހުންނަށް އެހީ ފޯރުކޮށްދެނިކޮށްކަމަށެވެ.
އޭރު ކެއިޓްލަން އިނީ އެމީހުންގެ ފުރަތަަމަ ދަރިފުޅަށް ބަލިވެއެވެ.މި ހަފްތާގައި އެމީހުން އެނބުރި ގައުމަށް ގޮސްފައިވާއިރު ރަހީނުންގެ ގޮތުގައި ތިބެ ތިން ކުދިން ހޯދާފައިވެއެވެ.
އެންމެ ހަގު ދަރިފުޅުގެ ސިއްހީ ހާލަތު ގޯސް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ބޮއިލްގެ ވާހަކައިގައި، އެ ދެ މީހުންނަށް ހަތަރުވަނައަށް ލިބުނު އަންހެން ކުއްޖެއްް ލިބުނު އިރު ތާލިބާނުން ވަނީ އެ ކުއްޖާ މަރާލާފައެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ ދަރިފުޅު މަރާލައި އަންހެނުން ރޭޕްކުރި އެ ޖަމާއަތަކީ ތާލިބާނާ ގުޅިފައިވާ ހައްޤާނީ ޖަމާއަތެވެ.
އެކަމަކީ އޭނާ ބުނި ގޮތުގައި އެ ޖަމާއަތުން އޭނާއަށް ހުށަހެޅި ހުށަހެޅުމަށް ތަކުރާރުކޮށް ދެކޮޅު ހެދި ހެދުމުގެ ބަދަލު ހިފުމެވެ.
އެމެރިކާއިން ދިން ސިއްރު މަައުލޫމާތުގެ އެހީގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ހިންގި އޮޕަރޭޝަނެއްގައި އެ އާއިލާ ސަލާމަތް ކޮށްދީފައެވެ.
ފުރަތަމަ ލިބުނު ރިޕޯޓްތަކުން އެނގުނު ގޮތުގައި ބޮއިލްވަނީ ޕާކިސްތާނުން ބޭރުގައި އެމެރިކާގެ އަސްކަރީ ފްލައިޓަކަށް އެރުމަށް ދެކޮޅު ހަދާފައެވެ.
އެއް ދުވަސްވަރެއްގައި ބޮޔިލް ވަނީ ހައްދު ފަހަނައަޅާފައިވާ ފިކުރަށް ތާއިދު ކުރާ އަދި ގުއަންޓަނާ މޯ ބޭގައި ހުރި ގައިދީއެއް ކަމަށްވާ އުމަރު ޚަދްރުގެ ދައްތައާ ކައިވެނި ކޮށްފައެވެ.
ސީއެންއެން އިން ވަނީ އޭނާގެ މައްޗަށް އެމެރިކާއިން ދައުވާ ކޮށްފާނެތީ ބިރުގަތީ ކަމަށް ވެދާނެ ކަމަށް ބުނެފައެވެ. ނަމަވެސް ކެނެޑާއަށް ދިއުމަށް ފަހު ބޮއިލްސް ވަނީ އެއީ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށް ބުނެފައެވެ.
އޭނާ ބުނީ މިހާރު އެއާއިލާއިން އުއްމީދު ކުރަމުންދަނީ އެ ބިރުވެރި ހާދިސާއަކީ މާޒީ ކަމުގައި ބަލައި ދިރިތިބި ތިން ކުދިންނަށް ބިރުވެރިކަމެއް ނެތް ރައްކާތެރި ގެއެއް ބިނާ ކުރުމަށް ކަމަށެވެ.