ކ. މާލެ
|
14 އޮކްޓޯބަރ 2017 | ހޮނިހިރު 19:55
ރާއްޖެއަށް ކުރި ދަތުރަށްފަހު އަމީތާބު މުމްބާއީ އެއަރޕޯޓުން ނިކުންނަނީ
ރާއްޖެއަށް ކުރި ދަތުރަށްފަހު އަމީތާބު މުމްބާއީ އެއަރޕޯޓުން ނިކުންނަނީ
އެންޑީޓީވީ
އަމީތާބު
ޗުއްޓީއަށްފަހު އަމީތާބު އެނބުރި އިންޑިއާއަށް
ރާއްޖެ ވެފައިވަނީ ބައްޗަން އާއިލާގެ އެންމެ މަޤްބޫލު ޗުއްޓީ މަންޒިލަށް

ރާއްޖޭގައި 75ވަނަ އުފަންދުވަސް ފާހަގަކުރުމަށް ފަހު ބޮލީވުޑްގެ ތަރި އަމީތާބު ބައްޗަންއާއި އޭނާގެ އާއިލާ އެނބުރި އިންޑިއާއަށް ގޮސްފިއެވެ.

އަންގާރަ ދުވަހު ރާއްޖެ އައި ބައްޗަށް އާއިލާ އެނބުރި މުމްބާއީއަށް ގޮސްފައި ވަނީ ހުކުރު ދުވަހުގެ ރޭ ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ. އެގޮތުން އަމީތާބުގެ އަންހެނުން ޖާޔާ ބައްޗަން އާއި، ދަރިފުޅު އަބީޝެކް ބައްޗަން އަދި އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ އެއަރޕޯރޓުން ނިކުންނަ ފޮޓޯތައް ވަނީ އާއްމުވެފައެވެ. މިދަތުރުގައި އަމީތާބުގެ ދަރިފުޅު ޝްވެތާ ބައްޗަންއާއި ކާފަ ދަރިންކަމަށްވާ ނަވްޔާ ނަވޭލީ ނަންދާ އަދި އާރަދަޔާވެސް ބައިވެރިވިއެވެ.

ރާއްޖެ ވެފައިވަނީ ބައްޗަން އާއިލާގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް އެންމެ މަޤްބޫލު މަންޒިލަށެވެ. މިދިޔަ އަހަރު އަބީޝެކްގެ 40ވަނަ އުފަންދުވަސް ވެސް ފާހަގަކުރީ ރާއްޖޭގައެވެ. އަދި މިއަހަރު ހަމަ އެރިޒޯރޓަށް އަމީތާބާއި އާއިލާ ޒިޔާރަތް ކުރީ ރާއްޖެއާއިމެދު އެ އާއިލާ ވަރަށް ބޮޑަށް ހިތްހަމަޖެހޭތީ ކަމަށް އާއިލާއާއި ގާތް ބައެއް މީހުންނާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ލިޔެފައިވެއެވެ.

ޗުއްޓީ ނިމުމާއިއެކު އަމީތާނު ބޮލީވުޑްގައި ކުރަމުން އައި މަސައްކަތްތަކަށް އެނބުރި ދާނެއެވެ. އެގޮތުން އަމީތާބު ހޮސްޓް ކުރާ 'ކޯން ބަނޭގާ ކްރޯޑްޕަތީ'ގެ 9ވަނަ ސީޒަން ކުރިއަށްދާއިރު، މިހާރު ނެރުމަށް ތައްޔާރުވަމުން އަންނަ 'ތަގްސް އޮފް ހިންދުސްތާން'ގައިވެސް އަމީތާބު ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް