ކ. މާލެ
|
14 އޮކްޓޯބަރ 2017 | ހޮނިހިރު 19:59
ކުޓީނިއޯ އާއި ވެލެންސިއާ ބޯޅައަށް މަސައްކަތް ކުރަނީ
ކުޓީނިއޯ އާއި ވެލެންސިއާ ބޯޅައަށް މަސައްކަތް ކުރަނީ
ޓްވިޓަރ
އިނގިރޭސި ޕްރިމިއާ ލީގު
ލިވަޕޫލް އާއި ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރުވެއްޖެ
މި މެޗު އެއްވަރުވީ 0-0 އަކުން
ޔުނައިޓެޑު އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ
ލިވަޕޫލް އޮތީ ތާވަލުގެ ހަތް ވަނައިގަ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވާދަކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިފައި ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މުޅި މެޗުގައި ވެސް ލިވަޕޫލްއިން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެނަސް މި ހާފުގައި ލަނޑު ޖެހެމަށް އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ މި ސީޒަނުގައި ގިނަ ލަނޑުތަކެއް ޖަހަމުން އަންނަ ޔުނައިޓެޑުގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ދެ މިނެޓެށް ވެފައިވަނިކޮށް ލިވަޕޫލްގެ އޭރިއާ ތެރެއިން އޭނާއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު މިނޮލެޓް ވަނީ ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި  ވެސް ލިވަޕޫލްއިން ވަނީ ގިނަ ވަގުތު ޔުނައިޓެޑުގެ ހާފުގައި ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން ލިވަޕޫލްގެ މިޑްފީލްޑާ އެމްރޭ ޗާން ފޮނުވާލި ހަމަލާ ޔުނައިޓެޑުގެ ކީޕަރު ޑެހޭއާ ވަނީ ދިފާއުކޮށްފައެވެ. އޭނާ ވަނީ މި ހާފުގައި ގިނަ ސޭވްތަކެއްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. ހަމައެހެންމެ ޔުނައިޓެޑުން ވެސް ވަނީ މޮޅު ޑިފެންސިވް ގޭމެއް ކުޅެ ލިވަޕޫލްގެ ފޯވާޑުން ނުތަނަވަސް ކޮށްލާފައެވެ.

މި މެޗު އެއްވަރުވުމާ ވިދިގެން ޔުނައިޓެޑަށް ވަނީ ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާއި އެ ޓީމާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ބޮޑުވެފައެވެ. އެގޮތުން ކުޅުނު އަށް މެޗުން ލިބުނު 20 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި ކުޅުނު އަށް މެޗުން ލިބުނު 13 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް