3 ބިދޭސީއަކު މާލޭގެ ޖަނަވަރީ މަގުގައި މާރާމާރި ހިންގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިން ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށާއި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
ފުލުހުން މި މައްސަލަ ތަހްޤީޤް ކުރަމުންދާތީ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.