އެމްޑީޕީ ދިއްދޫ ދާއިރާއިން ރާއްޖެޓީވީއަށް އެހީވުމަށް "އަބުރުފުޅު ފަންޑު ފޮއްޓެއް" ހޮނިހިރު ދުވަހުގެ މެންދުރުފަހު ދޭއް ޖަހާއިރު ހުޅުވަން ނިންމައިފިއެވެ.
އެމްޑީޕީ ދިއްދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު ނައީމް ވިދާޅުވީ ފަންޑު ފޮށި ހުޅުވަން ނިންމި ސަބަބަކީ ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމުން، މީޑިއާގައި މަސައްކަތްކުރައްވާ ނޫސްވެރިންނަށް އެހީތެރިވެ ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.
ހޮނިހިރު ދުވަހު ދޭއް ޖަހާއިރު ފަންޑު ފޮށި ހުޅުވަން ނިންމާފައިވާއިރު 48 ގަޑިއިރަށް ފަންޑު ފޮށި ބަހައްޓާނެ ކަމަށް ނައީމް ވިދާޅުވިއެވެ.
ފަންޑު ފޮށި ބަހައްޓަން ނިންމާފައިވަނީ ހއ. ދިއްދޫގައި ހުންނަ އެމްޑީޕީގެ "މުންޑު" ޖަގަހައިގައެވެ.
ހުކުރު ދުވަހު އައްޑު އަތޮޅާއި ހޯރަފުއްޓާއި ހުޅުދުއްފާރުގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް ފަންޑު ފޮށި ވަނީ ބަހައްޓާފައެވެ.