ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 16:51
ވީލް ޗެއާ އެވޯޑުގައި އެއްވަނަ އަށް ދިޔަ އެލެކްސެންޑްރާ
ވީލް ޗެއާ އެވޯޑުގައި އެއްވަނަ އަށް ދިޔަ އެލެކްސެންޑްރާ
ގެޓީ އިމޭޖަސް
ވީލްޗެއާ އެވޯޑް
ވީލް ޗެއާ އެވޯޑް ލިބުނީ އެލެކްސަންޑްރާއަށް
އެވޯޑުގައި ބައިވެރިވީ ދުނުޔޭގެ 19 ގައުމަކުން

މިސް ވީލް ޗެއާ އެވޯޑް އަލެކްސަންޑްރާ ޗިޗިކޯވާއަށް އަށް ލިބިއްޖެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ އަންހެނުންނަށް ޚާއްސަ ކޮށްގެން ބޭއްވި "ވޯލްޑް މިސް ޗެއާ" އެވޯޑުގައި މިފަހަރު ބައިވެރިވީ ދުނިޔޭގެ 19 ގައުމަކުންނެވެ. ޕޮލެންޑުގެ ވަރްސޯސްގައި ކުރިއަށް ދިޔަ މި މުބާރާތުގައި އެލެކްސެންޑްރާ އަށް އެއްވަނަ ލިބުނު އިރު ދެވަނަ ލިބުނީ ލެބޯހަންގ މިޔަންޓިސްއަށެވެ. އޭނާއަލީ ސައުތު އެފްރިކާއަށް ނިސްބަތްވާ މީހެކެވެ.

މި އިވެންޓް އޮގަނައިޒް ކޮށްފައިވަނީ "ދަ އޮންލީ ވަން ފައުންޑޭޝަން" އިންނެވެ. މިއީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމީހުންނަކީ ވެސް ބޭނުން ހިފޭނެ ބައެއްކަން އެންގުމަށް ބޭއްވި އެވޯޑް ފަންކްޝަނެއް ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

މި މުބާރާތުގައި 23 އަންހެނަކު ވަނީ ބައިވެރިވެފައެވެ.

"ދަ އޮންލީ  ވަން ފައުންޑޭޝަން" އިން ބުނީ މި ފަދަ އެވޯޑް ފަންކްޝަނެއް ބޭއްވުމުގެ މަގުސަދަކީ ގޮނޑީގައި ތިބޭ އަންހެނުންނަކީ ވެސް ރީތި ބައެއްކަން އެމީހުންނަށް ގަބޫލުކުރުވުމުގެ މަގުސަދުގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް