ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 10:57
ޔަމީ ގޯތަމް
ޔަމީ ގޯތަމް
އިންސްޓަގްރާމް
ޔަމީ ގޯތަމް
ޔަމީ ގޯތަމް ވެސް ރާއްޖޭގައި
ޔަމީ ގޯތަމަށް ވަނީ 2013 ވަނަ އަހަރުގަައި އައިފާ އެވޯޑްވެސް ލިބިފައި

އައިފާ އެވޯޑް 2013 ވަނަ އަހަރުގެ ހާސިލު ކުރި ބޮލީވުޑްގެ ތަރި ޔަމީ ގޯތަމް ރާއްޖެ އައިސްފިއެވެ.

ޔަމީ ގޯތަމް އޭނާގެ އިންސްޓަރގްރާމަށް ވަނީ އޭނާ ކޮންމެ ވެސް ރިސޯޓެއްގައި ނަގާފައިވާ ފޮޓޯއެއް ލާފައެވެ. އެހެން ނަމަވެސް ޔަމީ ގޯތަމް ރާއްޖެ އައިސްފައި ވަނީ ކޮން ދުވަހެއްގައި ކަމެއް ނޭގެއެވެ. 

އޭނާގެ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގެ ކެޕްޝަންގައި ބުނެފައި ވަނީ "ޓޭކް މީ ދެއާ މޯލްޑިވްސް" އެވެ. ޔަމީ ގޯތަމްއަކީ އިންޑިއާގެ ހިންދީ އަދި ތެލުގޫ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ.

 

A post shared by Yami Gautam (@yamigautam) on

މީގެ އިތުރުން އޭނާ ވަނީ ކަންނަޑާ، ތެލުގޫ، މަލަޔާލަމް އަދި ޕަންޖާބީ ފިލްމުތައް ވެސް ކުޅެފައެވެ. ޔަމީ ގޯތަމް އެންމެ ފުރަތަމަ އިންޑިއާގެ ފިލްމީދާއިރާއާ ގުޅިފައި ވަނީ 2009 ވަނަ އަހަރު ނިކުތް މަލަޔާލަމް ފިލްމު "އުލާސާ އުޓްސަހާ" އިންނެވެ. އޭނާގެ އެންމެ ފުރަތަމަ ހިންދީ ފިލްމަކީ 2012 ވަނަ އަހަރު ނިކުތް "ވިކީ ޑޯނާ" އެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައި ވަނީ މިއަހަރު ނިކުތް"ސަރްކާރު 3" އިންނެވެ. 

ޔަމީ ގޯތަމް އަށް އައިފާ އެވޯޑްގެ އިތުރުން ޒީ ސިނޭ އެވޯޑް ވެސް ވަނީ ލިބިފައެވެ. ޔަމީ ގޯތަމް ރާއްޖެ އައިސްފައިވާއިރު ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަން ވެސް ވަނީ އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިސްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް