ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 12:11
ބޮސްގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ފިލްމުގެ ބައެއް ތަރިންނާއި އެކުގައި
ބޮސްގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ފިލްމުގެ ބައެއް ތަރިންނާއި އެކުގައި
މުހައްމަދު ޝަރުހާން
"ބޮސް"
"ބޮސް" ގެ ކެންސަލްވި ޓިކެޓްތައް މިއަދު ވިއްކަން ފަށައިފި
މި ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގައި
ފުރަތަމަ ޝޯގައި ޝޯބަލަން ވަންނަ ކޮންމެ ފަރާތަކަށްވެސް ކޮންމެވެސް ކަހަލަ ހަދިޔާއެއް ލިބޭނެ

ދިވެހި ފިލްމު "ބޮސް" ގެ ކެންސަލްވި ޓިކެޓްތައް ބުދަ ދުވަހު ވިއްކަން ފަށާފައިވާ ކަމަށް ޑައިރެކްޓަރ ފާތިމަތު ނަހުލާ ބުނެފިއެވެ. ނަހުލާ ބުނީ ކެންސަލް ވެފައި ހުރި ޓިކެޓް ތަކަކީ ކުރިން ބުކް ކޮށް މުއްދަތު ހަމަވިއިރުގައިވެސް ނުނަގާ ހުރި ޓިކެތްތައް ކަމަށެވެ.

މި ފިލްމުގެ 5 ޝޯ މިހާތަނަށް ވަނީ ފުލްވެފައި ކަމަށް ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ މި ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓު ވިއްކަނީ 200 ރުފިޔާއަށް ކަމަށާއި އެހެން ޝޯތަކަށް ޓިކެޓު ވިއްކަނީ 100 ރުފިޔާ އަށް ކަމަށެވެ. ނަހުލާ ބުނީ ފުރަތަމަ ޝޯގައި ޝޯބަލަން ވަންނަ ކޮންމެ ފަރާތަކަށްވެސް ކޮންމެވެސް ކަހަލަ ހަދިޔާއެއް ލިބޭނެ ކަމަށާއި އެ ހަދިޔާ ލިބޭނީ ފިލްމުގެ ތަރިންނާއި ފިލްމަށް ލަވަކިޔައިދީފައިވާ ފަރާތްތަކުގެ އަތުން ކަމަށެވެ.

މި ފިލްމަށް އޮންލައިން ބުކިންވެސް ހެދޭނެއެވެ. އެގޮތުން މި ފިލްމުގެ ވެބްސައިޓް www.bos-themovie.com މެދުވެރިކޮށް ޓިކެޓް އޮންލައިންކޮށް ބުކްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ނަހުލާ ބުންޏެވެ.

"ބޮސް"ގެ ލީޑް ރޯލުން ފެނިގެން ދަނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާންއާ އެކު، ރިޝްމީގެ ކޮއްކޮ އަދި މިހާރު އެންމެ ވިދާ ބަތަލާ މަރިޔަމް އައްޒަ އެވެ.

ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލް ހިމެނެ އެވެ.

"ބޮސް" ގައި ހިމެނެނީ 7 ލަވައެވެ. މި ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި، އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) އަދި ޝަލަބީ އިބްރާހިމާއި، ހަމޫދުގެ އިތުރުން ރާފިޔަތު ރަމީޒާ، މާއިން ރަޝީދާއި، ފާތިމަތު އަޝްފާއެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީއެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް