ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 11:55
"ޕާދްމަވަތީ" ގެ ތިން ތަރިން
"ޕާދްމަވަތީ" ގެ ތިން ތަރިން
ގެޓީ އިމޭޖަސް
ޕާދްމަވަތީ
"ޕަދްމަވަތީ"އަށް ތައުރީފު އޮހެނީ!
ސިނަމާތަކަށް މި ފިލްމު އަންނާނީ ޑިސެމްބަރު 1ގައި

"ޕަދްމަވަތީ" ގެ ޓްރެއިލާ ވަނީ މިދިޔަ ހޯމަދުވަހު ރިލީޒްކޮށްފައެވެ.

ޓްރެއިލާ ރިލީޒްކުރުމާއެކު އެތައް ބައެއްގެ ތައުރީފު ދަނީ އެ ފިލްމަށް އޮހެމުންނެވެ. ޅާއްސަކޮށް އެ ފިލްމުގައި ރަންވީރު ސިންހް އަދާކޮށްފައިވާ ރޯލަށް ލިބޭ ތަރުހީބު ބޮޑެވެ.

ބޮލީވުޑްގެ ފަންނާނުންވެސް ދަނީ "ޕަދްމަވަތީ" ގައި ރަންވީރާއި ޝާހިދު އަދި ދީޕިކާގެ މޮޅު ހުނަރަށް ތައުރީފު ކުރަމުންނެވެ. އޭގެ ތެރޭގައި އާލިއާ ބަޓް އާއި ސިދާތު މަލޯތުރާއާއި ރިތިކް ރޯޝަން އަދި ޑައިރެކްޓަރ ކަރަން ޖޯހަރާއި ފަރްހާން އަޚްތަރު ހިމެނެއެވެ.

އެމީހުން ވަނީ ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އަށްވެސް ތައުރީފު ކޮށްފައެވެ.

މިއީ 1303 ވަނަ އަހަރު އިންޑިއާގައި ވެރިކަން ކުރެއްވި އަލާއުއްދީން ޚިލްޖީގެ އަނިޔާވެރި ރަސްކަމުގައި އޭނާ އަށް އެހެން ސަހަރެއްގެ ރާނީއަކު ދެކެ ލޯބިވެގެން އޭނާ ހޯދުމަށް ކުރާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މިފިލްމުގައި އެ ޝަހަރުގެ ރާނީ އަކީ ޕަދްމަވަތީއެވެ.

އެ ރޯލުން ފެނިގެންދަނީ ދިޕިކާ ޕަދުކޯންއެވެ. އަލާއުއްދީން ޚިލްޖީގެ ރޯލުން ފެނިގެންދަނީ ރަންވީރު ސިންހް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް