ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 14:32
ގައުމީ ޓީމު ކުޅުންތެރިންނާ ކޯޗު ސްޓެވާޓް ވާހަކަ ދައްކަނީ
ގައުމީ ޓީމު ކުޅުންތެރިންނާ ކޯޗު ސްޓެވާޓް ވާހަކަ ދައްކަނީ
އެފްއޭއެމް
ރާއްޖެ - އޮމާން
އެހެންފަހަރު ފަހަރަށް ވުރެ މިފަހަރު މާބޮޑަށް ވެސް ތައްޔާރު، ސަޕޯޓަރުންގެ އެހީ ބޭނުން: އަޑުބަރޭ
ކުރީގައި އެންމެން ފިހާރަތައް ބަންދުކޮށް ހުރިހާކަންތައް ހުއްޓާލުމަށްފަހު އަންނަނީ ދަނޑަށް
ރާއްޖޭގެ ފޯވާޑްލައިންގައި މިހާރު ތިބީ ޒުވާން ކުޅުންތެރިން، އެ ކުޅުންތެރިން ވަރަށް އަވަސް
ރާއްޖޭ ޓީމަށް ދިމާވާ މައްސަލައަކީ ފިޓްނަސް މައްސަލަ

އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، ޓީމު އޮތީ އެހެން ފަހަރުފަހަރަށް ވުރެ މިފަހަރު މާބޮޑަށް ވެސް ތައްޔާރަށް ކަމަށާއި، ޓީމަށް ބޭނުންވަނީ ސަޕޯޓަރުންގެ އެހީކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ބުނެފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން އަޑުބަރޭ ބުނީ، ގިނައިން ރާއްޖޭ ޓީމަށް ދިމާވާ މައްސަލައަކީ ފިޓްނަސް މައްސަލަ ކަމަށާއި، މެޗެއްގެ 70 މިނެޓު ފަހުން ތާކުންތާކު ނުޖެހޭ ލަނޑު ބައިކޮޅަށް ވަންނަ ކަމަށެވެ.

އެގޮތުން އަޑުބަރޭ ބުނީ އޮމާން މެޗަށް އަމާޒުކޮށް ކުޅުންތެރިންގެ ފިޓްނަސް ލެވެލް ރަނގަޅު ކުރުމަށް ކޯޗު މަސައްކަތްތަކެއް ކުރި ކަމަށާއި، ރަނގަޅު ނަތީޖާއެއް ނެރުމަށް ދުރާލާ ތައްޔާރީތަކެއް ވެވުނު ކަމަށެވެ.

ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދަން ހުރިހާ އެންމެން ވެސް މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން އަޑުބަރޭ ބުނީ، އެންމެންގެ އެއްބާރުލުން ވެސް ފުޓުބޯޅަ ކުރިއަރުވަން ބޭނުންވާ ކަމަށާއި، އަޅާނުލެވިއްޖެނަމަ ނެތިގެންދިޔުމުގެ ބިރުވެސް އެބައޮތް ކަމަށެވެ.

އަޑުބަރޭ ބުނީ ކުރީގައި އެންމެން ފިހާރަތައް ބަންދުކޮށް ހުރިހާކަންތައް ހުއްޓާލުމަށް ފަހު އަންނަނީ ދަނޑަށް ކަމަށާއި، އެހެންނަމަވެސް މިހާރު އެކަންތައް އެގޮތަކަށް ނުހިގާކަމަށެވެ. އެގޮތުން އޭނާ ބުނީ ހުރިހާ އެންމެވެސް އެކައްޗެއް ކިއައިގެން ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ފުޓުބޯޅަ ކުރިއަރުވަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ފުޓުބޯޅަ ނެތުމުގެ ބިރު އެބައޮތް. އެންމެން އެކައްޗެއް ކިޔައިގެން ފުޓުބޯޅަ ކުރިއަރުވަންޖެހޭ. ކުރިން ފިހާރަތައް ބަންދުކޮށް، ދޯނި އަޅާފައި މީހުން އަންނަނީ ދަނޑަށް މެޗު ބަލަން. މިހާރު އެހެނެއް ނުވޭ. ގައުމީ ކަމެއްގެ ގޮތުގައި ދެކިފިނަމަ ހާސިލްވާނެ. ބޭނުންވަނީ އެންމެންގެ ހެޔޮ ދުއާ" އަޑުބަރޭ ބުނިއެވެ.

އަޑުބަރޭ ބުނީ ރާއްޖޭގެ ފޯވާޑްލައިންގައި މިހާރު ތިބީ ޒުވާން ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންނަކީ މުސްތަގުބަލްކަން ދަނޑުމަތީގައި އެ ކުޅުންތެރިން ދައްކުވައިދޭން ޖެހޭކަމަށެވެ. އޭނާ ބުނީ އެ ކުޅުންތެރިންނަކީ ވަރަށް އަވަސް ކުޅުންތެރިން ކަމަށާއި، ތަފާތު ފެނިގެންދާކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް