ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 23:00
ޗައިނާ އޯޕަން 2017 ގެ ތަށްޓާއެކު މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން ރަފައެލް ނަޑާލް
ޗައިނާ އޯޕަން 2017 ގެ ތަށްޓާއެކު މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން ރަފައެލް ނަޑާލް
ގެޓީ އިމޭޖަސް
ޗައިނާ އޯޕަން 2017
ޗައިނާ އޯޕަންގެ ޗެމްޕިއަންކަން ނަޑާލް ހޯދައިފި
މިއީ ނަޑާލް މިސީޒަނުގައި ކާމިޔާބު ކުރި 6 ވަނަ މުބާރާތް
ޗައިނާ އޯޕަންގެ ޗެމްޕިއަންކަން ނަޑާލް އެންމެ ފަހުން ހޯދާފައި ވަނީ 2005 ވަނަ އަހަރު

ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ސްޕެއިންގެ ރަފައެލް ނަޑާލް ހޯދައިފި އެވެ.

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނަޑާލް، މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ފައިނަލްގައި އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްގެ މައްޗަށް 6-2 އަދި 6-1ން ކުރި ހޯދައިގެންނެވެ.

ޗައިނާގެ ބެއިޖިންގައި ކުރިއަށްދިޔަ މިމުބާރާތުގެ ތައްޓާއެކު، މިސީޒަނުގައި ނަޑާލް ކާމިޔާބުކުރި މުބާރާތްތަކުގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ.

މިއަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތާއި ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަން ނަޑާލް، ޗައިނާ އޯޕަންގެ ތަށި ހޯދީ މުބާރާތުގައި ކުޅުނު 9 މެޗުވެސް ކާމިޔާބު ކޮށްގެންނެވެ. ނަޑާލް އެންމެ ފަހުން ޗައިނާ އޯޕަން ޑެނިސް މުބާރާތް ކާމިޔާބު ކޮށްފައިވަނީ 2005 ވަނަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް