ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 20:49
އޮމާން ދަނޑުގައި ރާއްޖެއާ ދެކޮޅަށް ބޭނުންކުރި ފުރަތަމަ އެގާރަ
އޮމާން ދަނޑުގައި ރާއްޖެއާ ދެކޮޅަށް ބޭނުންކުރި ފުރަތަމަ އެގާރަ
ޓްވިޓަރ
އޭޝިއަން ކަޕް ކޮލިފައިން
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް އޮމާން ޓީމު ރާއްޖެ އަތުވެއްޖެ
ފުރަތަމަ ލެގުގައި ރާއްޖެ ވަނީ އޮމާން އަތުން ބަލިވެފައި
އޮމާން އަދި ރާއްޖެ ބައްދަލުކުރާ މެޗު އޮތީ އަންގާރަ ދުވަހު

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އޮމާން ގައުމީ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

އާދީއްތަ ދުވަހު ހަވީރު އޮމާން ޓީމު ރާއްޖެ އައިސްފައިވާއިރު، އެޓީމު ކޭމްޕްކުރީ ހޮޓެލް ޖެންގައެވެ.

އޮމާން ޓީމު ރާއްޖެ އައިސްފައިވަނީ ދުބާއީގައި ޖޯޑަންއާ ދެކޮޅަށް ރަހްމަތްތެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

އޮމާންގެ މީޑިއާތަކުން ބުނީ އެޓީމުގައި ހިމެނޭ ގައުމުން ބޭރުގައި ކުޅޭ ތިން ކުޅުންތެރިންވެސް ރާއްޖެ އައިސްފައިވާ ކަމަށެވެ. ރާއްޖެ އަތުން 0-5 ގެ ނަތީޖާއިން އޮމާން މޮޅުވި މެޗުގައި އެ ކުޅުންތެރިން ބޭނުންކޮށްފައިނުވެއެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫޕް ޑީގައި ފަލަސްތީން، އޮމާން އަދި ބޫޓާނާއެކުގައެވެ. މިހާތަނަށް ރާއްޖެ ތިން މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން ރާއްޖެ ވަނީ ދެ މެޗުން ބަލިވެފައެވެ. އަނެއް މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ.

ގްރޫޕަށް ބަލާއިރު، އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު ފަލަސްތީނެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު އޮމާން އޮތްއިރު، ތިންވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ރާއްޖެއެވެ. ފުލުގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ބޫޓާނެވެ. .

ރާއްޖެ އަދި އޮމާން ބައްދަލުކުރާ މެޗު އޮތީ އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ. މި މެޗު ފަށާނީ ރޭގަނޑު 21:00 ޖަހާއިރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް