ރަޝިއާގެ ސަރުކާރާ ދެކޮޅަށް ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާތަކުގައި 200 އަށް ވުރެ ގިނަ އިދިކޮޅު އެކްޓިވިސްޓުން ހައްޔަރު ކޮށްފިއެވެ.
އިދިކޮޅު އެކްޓިވިސްޓުން މުޒާހަރާ ކުރަމުން ދިޔައީ ޖަލަށް ލެވިފައިވާ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލު ބަންދުން މިނިވަން ކުރުމަށާއި އަދި ރައީސް ވްލާޑިމިއަރ ޕޫޓިން އިސްތިއުފާ ދެއްވުމަށް ގޮވާލާއެވެ.
ރަޝިއާގެ ރިޔާސީ އިންތިޚާބު މާޗް ގައި އޮންނަ އިިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އެކްސީ ނަވަލްނީ ޖަލަށް ލާފައި ވަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް ކަމަށެެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން ފުލުހުން ކުޑަ ވަގުތުކޮޅަކަށް މީހުން ހައްޔަރުކުރުމަށް ފަހު ވަނީ ދޫކޮށްލާފައެެވެ. އަނެއްބައި ރިޕޯޓުތައް ބުނާގޮތުން 27 ޓައުނަކުން 262 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީ ދަނީ 20 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ރައީސް ޕޫޓިންގެ 65 ވަނަ އުފަންދުވަހާ ދިމާކޮށް އެއްވުންތައް ބޭއްވުމަށް ގޮވާލުމުގެ ސަބަބުންނެވެ. ރަޝިއާގެ ރައީސްގެ އުފަން ދުވަހަކީ މިއަދެވެ.