ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ސައުދީ ޝާހީ އާއިލާގެ ގަނޑުވަރަކަށްގައި ދޭން އުޅުނު ހަމަލާއެއް ސައުދީ ގެ ސަލާމަތީ ބާރުތަކުން ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން އަލް-ސަލާމް ގަނޑުވަރަށް ދޭން އުޅުނު ހަމަލާ ހުއްޓުވުމުގެ ތެރޭގައި ހަމަލާ ދޭން އުޅުނު މީހާއާއި ސައުދީ ސަލާމަތީ ބާރުތަކުގެ ދެ ސިފައިން ވަނީ މަރުވެފައެވެ.
އަލް-ސަލާމް ގަނޑުވަރު ހުންނަނީ ކިންގް އަބްދުލްއަޒީޒް މަގާއި އަންދަލުސް މަގު ކައިރީގައެވެ. މިހާދިސާ އާ ގުޅިގެން ސައުދީ ސަރުކާރުން އަދި ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިހާދިސާ އާއި ގުޅިގެން ސައުދީ ގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ވަނީ ޝާހީ ގަނޑުވަރު ހުންނަ ސަރަހައްދުގައި މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ހަނގުރާމަވެރި ގްރޫޕްތައް ކަމަށްވާ އަލް ގައިދާ އާއި އަދި އިސްލާމިކް ސްޓޭޭޓް ފަދަ ހަނގުރާމަވެރި ގްރޫޕްތަކުން ވަނީ ފާއިތުވެދިޔަ ތާނގައި ސައުދީގައި ހަމަލާތައް ދީފައެވެ.