ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 19:24
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ސާޖިއޯ އަގުއެރޯ
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ސާޖިއޯ އަގުއެރޯ
ގެޓީ އިމޭޖަސް
އަގުއެރޯ މިލާނަށް ވިއްކާލަނީ
އޭސީ މިލާނުން އަގުއެރޯއަށް ފާރަލާން ފަށައިފި
އަގުއެރޯ ވިއްކާލުމަށްފަހު ސިޓީން މަސައްކަތްކުރަނީ ސަންޗޭޒް ގެންނަން

އޭސީ މިލާނުން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ސާޖިއޯ އަގުއެރޯ އަށް ފާރަލާން ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މެއިލް އިން ބުނީ ކުރިޔަށް އޮތް ޓްރާންސްފާގައި އަގުއެރޯ ހޯދުމަށް އޭސީ މިލާނުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އެކަމަށް އެ ކްލަބުން ބިޑެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.

މެންޗެސްޓަރ ސިޓީއާ 2006 ވަނަ އަހަރު ގުޅުނު އަގުއެރޯ ވަނީ އެ ކްލަބާ އެކު މިވީތަނަށް ހޭދަކުރި ހަ ސީޒަނުގައި ކުޅުނު 261 މެޗުގައި 176 ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ދެފަހަރު ފުޓުބޯޅަ ލީގު ކަޕް ދެ އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް ވެސް 80 އަށް ވުރެ ގިނަ މެޗު ކުޅެދީ ކާމިޔާބީތަކެއް ހޯދާފައެވެ.

މީގެ އިތުރުން ޑެއިލީ މެއިލް ބުނީ އަގުއެރޯ ވިއްކާލުމަށް ފަހު ސިޓީން މަސައްކަތް ކުރަމުން އަންނަނީ އާސެނަލް އަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް ހޯދުމަށް ކަމަށާއި، އެގޮތުން އެ ކްލަބުން އޭނާ ހޯދުމަށް 20 މިލިއަން ޕައުންޑުގެ ބިޑެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް އާސެނަލްގައި މޮޅު ކުޅުމެއް ފުރަތަމަ ސީޒަންގައި ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ. އެހެން ނަމަވެސް އޭނާ ވަނީ މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކުޅުނު 54 މެޗުގައި އޭނާ ވަނީ 21 ލަނޑު ކާމިޔާބު ކޮށްފައެވެ.
ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބު ކޮށްފައިވާ ސަންޗޭޒް ވަނީ މިހާތަނަށް އާސެނަލް އަށް ކުޅުނު 151 މެޗުގައި 73 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އަގުއެރޯ އަދި ސަންޗޭޒް ހޯދުމަށް މިދިޔަ ޓްރާންސްފާ ވިންޑޯގައި ވެސް ގިނަ ކްލަބްތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެ ދެ ކުޅުންތެރިން ކުޅޭ ކްލަބުން ވަނީ އެ ކުޅުންތެރިން ވިއްކާލަން ދެކޮޅު ހަދާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް