ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 19:22
ވޯލްސް ދިރި ހުއްޓައި އެންމެ ފަހުން ފަނިފައިވަނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހު ހަވީރު
ވޯލްސް ދިރި ހުއްޓައި އެންމެ ފަހުން ފަނިފައިވަނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހު ހަވީރު
އަބުދުﷲ މުހައްމަދު
ސްވިޑްން ނޫސްވެރިޔަކު މަރާލުން
ގެއްލިގެން ހޯދަމުންދާ ސްވިޑްންގެ ނޫސްވެރިޔާގެ ބޯ ފެނިއްޖެ
ވޯލްސް ދަތުރަށް ގޮސްފައިވަނީ އޯގަސްޓް ވަނަ ދުވަހު
11 ދުވަހަށްފަހު އޭނާގެ ހަށިގަނޑުގެ ކަރުން ތިރި ފޫޅާހަމައަށް ހިމެނޭ ބައި ފެނުނު
ހަށިގަނޑުގެ ބައިތަށް ހުރީ ކަނޑުފައްތާފައި

ޑެންމާކުގެ ސަބްމެރިން ކްރޫއަކާ އެކު ކުރިދަތުރެއްގައި ގެއްލިގެން ހޯދަމުންދާތާ ދެ މަހަށްފަހު ސްވިޑްންގެ ޖާނަލިސްޓް ކިމް ވޯލްގެ ބޯ ފެނިއްޖެ ކަމަށް ޑެންމާކުގެ ފުލުހުން ބުނެފިއެވެ.

ޑައިވަރުންނަށް އޭނާގެ ބޯ ފެނިފައިވަނީ ދެ ފަޔާ އަންނައުނާ އެކު ގޯންޏެއްގައި ފައްތާފައި ހުއްޓއި ކޯޕަންހޭގަންގެ ދެކުން ކޮގް ބޭއިން ކަމަށް ކޯޕަން ހޭގަން ޕޮލިސް އިންސްޕެކްޓަރ ޖެންސް މޮލަރ ވިދާޅުވިއެވެ.

މި ތަކެތި ފެނިފައިވަނީ ޕީޓަރ މޭޑްސެން ގެ ސަބްމެރިންގައި އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވޯލްސް ދިޔަތާ  11 ދުވަސް ފަހުން އޭނާގެ ހަށިގަނޑުގެ ކަރުން ފެށިގެން ފޫޅާ ދެމެދުގެ ބައި ފެނުނު ސަރަހައްދާ ދުރުނޫން ސަރަހައްދަކުންނެވެ.

 ވޯލްސް މަރާލިކަމަށް ބުނާބުނުން އުމުރުން 46 އަހަރުގެ މޭޑްސެން ދޮގުކުރެއެވެ.

މީގެ އިތުރުން މަރުވެފައިވާ ހަށިގަޑު ކޮށާލި ކަމަށް ކުރާ ތުހުމަތަށްވެސް އޭނާ އިންކާރު ކުރެއެވެ.

މޮލަރ ޖެންސެން ވިދާޅުވީ ހުކުރު ދުވަހު ފެނު ގޯނިތައް ފައްތާފައި ހުރީ ދަގަނޑު ބުރި ބުރި އަޅައިގެންކަމަށެވެ.

"އިއްޔެ ހެނދުނު އަޅުގަނޑުމެންނަށް ފެނު ގޯންޏެއްގައި ކިމް ވޯލްސްގެ ހެދުމާއި،އެތެރެއިންލާ އަންނައުނާ،ސްޓޮކިންގްސް އަދި ބޫޓް އޮތީ. ހަމަ އެ ގޯނީގައި ވަޅިއަކާއި ކާރެއްގެ އެތިގަނޑެއް އޮތް ގޯނި ފެއްތުމަށްޓަކައި ބަރުކުރަން ލާފައި.އޭނާ ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ ޕޯސްޓް މޯޓަމް ތަހުލީލުން ކަށަވަރުވި ގޮތުގައި އެއީ ވޯލްސްގެ ބޮލެވެ. އަދި އޭގެ އެނގުނު ގޮތުގައި "ފަޅައިގެން ދިއުންމުގެ ނިޝާނެއް ނޫނީ ނާށިގަނޑަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ.

އެ އަންހެން މީހާ މަރުވެފައިވަނީ ކުޑަދޮރެއްގައި ބޯ ޖެހި ކަމަށް މޭޑްސެން ބުނާ ބުނުން މި ރިޕޯޓާ ފުށޫ އަރައެވެ.

އުމުރުން 30 އަހަރުގެ ވޯލްސް ދިރި ހުއްޓައި އެންމެ ފަހުން ފަނިފައިވަނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހު ހަވީރު މޭޑްސެން އަމިއްލައަށް އުފައްދާފައިވާ ސަބްމެރިންއެއްގައި އޭނާއާއެކު އެ އުފެއްދުމާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރުކުރުމަށް ފުރަނިކޮށެވެ.

އެ ދަތުރުން އޭނާ އެނބުރި ނައުމުން އެކަން ސަމާލުކަމަށް ގެނެސްފައިވަނީ ވޯލްސްގެ ލޯބިވެރިޔާއެވެ.

އެންމެ ފުރަތަމަ މޭޑްސެން ބުނެފައިވަނީ ކޯޕަން ހޭގަންއަށް ވޯލްސް ސަލާމަތުން ގެންގޮސްދީފައިވާކަމަށެވެ. ނަމަވެސް ފަހުން އޭނާވަނީ ވާހަކަ ބަދަލުކޮށް "ނުރައްކާ އެކްސިޑެންޓެއް ހިނގީ ކަމަށާއި ވޯލްސް ކަނޑަށް ދޫކޮށްލުމަށްފަހު ސަބްމެރިން އަޑިޔަށްދާން ދޫކޮށްލައި އޭނާގެ ފުރާނަ ސަލާމަތްކުރީ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް