ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 09:45
 މި ނިޒާމުން ކުރު އަދި މެދުރާސްތާގެ ބެލަސްޓިކް މިސައިލް އުއްދުއްސާލާތަނުން ވައްޓާލެވޭނެ
މި ނިޒާމުން ކުރު އަދި މެދުރާސްތާގެ ބެލަސްޓިކް މިސައިލް އުއްދުއްސާލާތަނުން ވައްޓާލެވޭނެ
ރޮއިޓަރސް
އެމެރިކާ-ސައުދީ
އެމެރިކާއިން ސައުދީއަށް 15 ބިލިއަން ޑޮލަރުގެ މިސައިލް ޑިފެންސް ސިސްޓަމެއް ވިއްކަނީ
އެމެރިކާއިންވަނީ ގުއާމްއާ ހަވާއީގައި ވެސް ތާޑް ގާއިމް ކޮށްފައި
ދެކުނުކޮރެއާގައި މި ނިޒާމް ގާއިމް ކޮށްދީފައިވަނީވެސް އެމެރިކާއިން
ތާޑް އިންޓަރސެޕްޓަރ އުފައްދަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ލޮކްހީޑް މާޓިން އިން

ޓަރމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) މިސައިލް ޑިފެންސް ސިސްޓަމެއް ސައުދީ އަރަބިއްޔާއަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ 15 ބިލިއަން ޑޮލަރުގެ މި ޑީލްގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތް ވަރުގަދަވެ ޚާރިޖީ ސިޔާސަތު އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން އިރާނާއި އެ ސަރަހައްދުގެ އެހެން ބައެއް ބާރުތަކުގެ ފަރާތުން ސައުދީއާ ގަލްފްގެ އެހެން ގައުމުތަކަށް އޮންނަ ބިރުވެރިކަން ކުޑަވެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެމެރިކާއިން މިކަން އިއުލާނުކޮށްފައި މި ވަނީ ރަޝިއާއިން މިސައިލް ޑިފެންސް ސިސްޓަމެއް ގަތުމަށް ސައުދީ އަރަބިއްޔާއާ އެކު އެއްބަސްވިތާ އެއްދުވަހުގެ ތެރޭގައެވެ.

މި ޑީލްގެ ސަބަބުން ސަރަހައްދުގެ އަސްކަރީ ބާރުގެ ހަމަހަމަކަން ގެއްލިގެން ނުދާނެ ކަމަށް ޕެންޓަގަންގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އޭޖެންސީން ބުނެއެވެ.

ދެކުނު ކޮރެއާއިން ވެސް ވަނީ އުތުރުކޮރެއާގެ ފަރާތުން އައިސްދާނެ މިސައިލް ހަމަލާއަކުން ދިފާއުވުމަށް ތާޑް ސިސްޓަން ގާއިމް ކޮށްފައެވެ.

ނަަމަވެސް ދެކުނު ކޮރެއާގެ އެތައް ރައްޔިތުންނެއް ގެންދަނީ އޭގެ ސަބަބުން އެގައުމު އަމާޒު ފަތްގަނޑަކަށްވެ އުތުރުކޮރެއާއިން މިސައިލް ލޯންޗް ކުރާ ސަރަހައްދާ ކައިރީގައި އުޅޭ ދެކުނު ކޮރެއާގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ބުނެ ދެކޮޅު ހަދަމުންނެވެ.

ޗައިނާއިން ވެސް ވަނީ އެކަމަކީ ސަރަހައްދުގެ ސަލާމަތީ ކަންކަން ހުރި މިންވަރުގެ ހަމަހަމަ ކަމަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެ ދެކޮޅު ހަދާފައެވެ.

"ތާޑް" މިއިީ ކޮންއެއްޗެއް؟

* ކުރު އަދި މެދުރާސްތާގެ ބެލަސްޓިކް މިސައިލް އުއްދުއްސާލާތަނުން ވައްޓާލެވޭނެ

* ވޯހެޑާެއެކު ދަތުރުކުރަމުންދާ އެއްޗެއްގެ ޓެކްނޮލޮޖީއަށް ހަމަލާދީ ފެއިލްކޮށްލުން

* 150 ކިލޯ މީޓަރު އުހުގައި 200 ކިލޯ މީޓަރުގެ ދިގު ރާސްތާއަކަށް ދަތުރުކުރާނެ

* އުތުރު ކޮރެއާގެ ފަރާތުން އައިސްފާނެ ހަމަލާއަކުން ދިފާއުވުމަށް އެމެރިކާއިން މީގެ ކުރިން ވަނީ ގުއާމް އާއި ހަވާއީގައި މި ނިޒާމް ގާއިމް ކޮށްފައި

ތާޑް އިންޓަރސެޕްޓަރ އުފައްދަނީ އެމެރިކާގެ ކުންފުންޏެއްކަމަށްވާ ލޮކްހީޑް މާޓިން އިން

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް