ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 05:16
ރާއްޖެ އަދި ފަލަސްތީން ބައްދަލުކުރި މެޗެއްގެ ތެރެއިން
ރާއްޖެ އަދި ފަލަސްތީން ބައްދަލުކުރި މެޗެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
އިންޓަނޭޝަނަލް ބްރޭކް
އިންޓަނޭޝަނަލް ބްރޭކް މަދުކުރަން ފީފާ އިން މަޝްވަރާކުރަނީ!
އިންޓަނޭޝަނަލް ބްރޭކް ދޭ އުސޫލަށް ވެންގާ އަދި މޮރީނިއޯ ވަނީ ފާޑުކިޔާފައި

ސީޒަން ތެރޭގައި ދޭ އިންޓަނޭޝަނަލް ބްރޭކްތައް މަދުކޮށް،  ބްރޭކްގެ މުއްދަތު އިތުރުކުރަން ފީފާ އިން ތައްޔާރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން މިހާރު އިންޓަނޭޝަނަލް ބްރޭކް ދޭ އުސޫލް ބަދަލުކުރުމަށް ފީފާއިން ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެއެވެ.

އެގޮތުން މިހާރު ކޮންމެ ސީޒަނެއްގައިވެސް ދޭ ހަތަރު އިންޓަނޭޝަނަލް ބްރޭކްގެ އަދަދު މަދުކޮށް، ކޮންމެ ބްރޭކަކަށް ދޭ ދެ ހަފްތާގެ މުއްދަތު އިތުރުކުރުމަށް މަޝްވަރާކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރު އިންޓަނޭޝަނަލް ބްރޭކްސްތައް ދޭ ކަލަންޑަރު 2024 ވަނަ އަހަރުގެ ނިޔަލަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ކްލަބްތައް، ބްރޮޑްކާސްޓަރުން، ލީގުތައް އަދި ކްލަބްތައް އެއްބަސްވެގެން އަދިވެސް އެ އުސޫލް ބަދަލުކުރުމުގެ ފުރުސަތު އެބައޮތެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ އަދި އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ އިންޓަނޭޝަނަލް ބްރޭކްދޭ އުސޫލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އެ ކޯޗުން ބުނީ ކްލަބްތަކުގެ ފޯމު އެންމެ ރަނގަޅުވާ ދުވަސްކޮޅު އިންޓަނޭޝަނަލް ބްރޭކަށް ފޮނުވާލަން ޖެހުމަކީ ޓީމުގެ ފޯމު ގެއްލެން ދިމާވާ ސަބަބެއްކަމަށެވެ.

އިންޓަނޭޝަނަލް ބްރޭކްގައި ކްލަބްތަކުގެ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ދިމާވާ މައްސަލަ ފެންމަތިވާއިރު، ގައުމުތަކުގެ ކޯޗުންގެ އެންމެ ބޮޑު ޝަކުވާ އަކީ އިންޓަނޭޝަނަލް މެޗުތަކަށް ޓީމު ތައްޔާރުކުރަން ލިބޭ މުއްދަތު މަދުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް