އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވާރލްޑްކަޕްގެ ކޮލިފައިންގައި ވޭލްސް އަދި އައިސްލޭންޑް ކޮލިފައިވުމުގެ އުއްމީދު އާކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗުން 1-2 ގެ ނަތީޖާއިން ވޭލްސް ވަނީ މޮޅުވެފައެވެ.
ޖޯޖިއާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް މެޗުގައި ލަނޑު ޖެހުމަށް ހުސް ފުރުސަތުތައް ލިބިފައިވަނީ ވޭލްސްއަށެވެ.
Thanks for all the messages One step closer great team performance pic.twitter.com/ESoJwk7KhI
— Tom Lawrence (@TomLawrence99) October 6, 2017
މެޗުގައި ބޯޅަ ކޮންޓްރޯލްކޮށްގެން ޖޯޖިއާ އިން ކުޅުނު ނަމަވެސް އެޓީމަށް ވޭލްސްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. މެޗުގައި ވޭލްސްގެ ޑިފެންސުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 49 ވަނަ މިނެޓުގައި ވޭލްސް އަށް ކާމިޔާބުކޮށްދިނީ ލޮވްރެންސްއެވެ.
މި މޮޅާއެކު ވޭލްސް ވަނީ 17 ޕޮއިންޓް ހަމަކޮށް، އެޓީމު ހިމެނޭ ގްރޫޕް ޑީގެ ދެވަނައިގައި ހަމަޖެހިލާފައެވެ. ގްރޫޕްގެ އެއްވަނައިގައި އޮތީ 18 ޕޮއިންޓާއެކު ސާބިއާއެވެ. ތިންވަނައިގައި 16 ޕޮއިންޓާއެކު އޮތީ އަޔަލޭންޑެވެ.
#WCQ Group D (EUROPE)
— #WCQ (@FIFAWorldCup) October 6, 2017
Next round on 9 Oct:
SerbiaGeorgia
MoldovaAustria
WalesRepublic of Ireland pic.twitter.com/jh3LAkNgEl
ވާރލްޑްކަޕްގެ އުންމީދު އައިސްލޭންޑުން އާކުރީ ހުކުރު ދުވަހުގެ ރޭ ތުރުކީއާ ދެކޮޅަށް އެޓީމު ކުޅުނު މެޗު 0-3 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.
ތުރުކީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 30 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގުޑްމަންޑްސަންއެވެ. މި ލަނޑަށްފަހުވެސް އެޓީމުން ދިޔައީ ތުރުކީގެ ގޯލަށް ނުރައްކާކުރަމުންނެވެ.
އެގޮތުން 39 ވަނަ މިނެޓުގައި ބިޖާސޮންގެ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ތުރުކީގެ މައްޗަށް އައިސްލޭންޑް ކުރީގައި އޮވެގެންނެވެ.
Úrslitin ráðast á mánudaginn. Við ÆTLUM á HM 2018! pic.twitter.com/ReNNxAFUJd
— Knattspyrnusambandið (@footballiceland) October 6, 2017
ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް އައިސްލޭންޑުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާސޮންއެވެ.
މި ނަތީޖާއާއެކު އައިސްލޭންޑް ވަނީ ކުޅުނު ނުވަ މެޗުން 19 ޕޮއިންޓް ހަމަކޮށް އެޓީމު ހިމެނޭ ގްރޫޕް އައިގެ އެއްވަނަ އަށް ޖެހިލާފައެވެ. ދެވަނައިގައި އޮތީ ނުވަ މެޗުން 17 ޕޮއިންޓް ހޯދި ކްރޯޝިއާއެވެ.