ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 05:14
އަލްބޭނިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕެއިން ކުޅުންތެރިން އުފާފާޅުކުރަނީ
އަލްބޭނިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕެއިން ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ވާރލްޑްކަޕް ކޮލިފައިން
ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސްޕެއިން ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
ސްޕެއިން ކޮލިފައިވީ އިޓަލީއަށްވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެން
ސްޕެއިން ކޮލިފައިންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވޭ

 

އަންނަ އަހަރު ރަޝިޔާ ގައި ބޭއްވޭ ވާރލްޑް ކަޕް ގެ  ކްލިފައިންގައި  ހުކުރު ދުވަހުގެ ރޭ ގްރޫޕް ޖީގައި އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.

ސްޕެއިންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން 16 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ.

މި ލަނޑަށްފަހުވެސް ސްޕެއިން އިން ދިޔައީ އަލްބޭނިއާގެ ހާފަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން 23 ވަނަ މިނެޓުގައި ކޮކޭގެ އެހީތެރިކަމާއެކު އިސްކޯ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ސްޕެއިންގެ ތިންވަނަ ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތިއާގޯ އަލަކަންޓާރާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިންވެސް ސްޕެއިން އަށް ވަނީ ލީޑު ފުޅާކުރަން ހުސް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން އަލްބޭނިއާގެ މައްޗަށް ސްޕެއިން ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ސްޕެއިންއެވެ. އެހެންނަމަވެސް ދެވަނަ ހާފްގައި އަލްބޭނިއާ އިން ވަނީ އެޓީމުގެ ޑިފެންސް ވަރުގަދަކޮށް ސްޕެއިންގެ ހަމަލާތައް މަތަކުރަން ބުރަ މަސައްކަތްކޮށްފައެވެ.

ދެވަނަ ހާފްގައި އަލްބޭނިއާ އަށް ވަނީ ސުން ކަނޑުވާލުމަށްވެސް ފުރުސަތު ލިބިފައެވެ. އެހެންނަމަވެސް ސްޕެއިންގެ ޑިފެންސުން ވަނީ އެ ބޯޅަތައް ދިފާއުކޮށްފައެވެ.

ސްޕެއިން ވޯލްޑްކަޕުން ޖާގަ ހޯދީ ކުޅުނު ނުވަ މެޗުން 25 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނައިގެ ގޮތުގައެވެ. އެޓީމު ވަނީ ކުޅުނު ނުވަ މެޗުގެ ތެރެއިން 8 މެޗު ކާމިޔާބުކޮށްފައެވެ. އެޓީމު މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

ގްރޫޕް ޖީގެ ދެވަނައިގައި އިޓަލީ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 20 ޕޮއިންޓާއެކުގައެވެ. ގްރޫޕްގައި ހުކުރު ދުވަހުގެ ރޭ އިޓަލީ ވަނީ މެސެޑޯނިއާއާ ވާދަކޮށް 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް