ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 20:04
އެތައްހާސް ރޮހިންޖާ މުސްލިމުންނެއް ވަނީ ގައުމު ދޫކޮށްދާން ޖެހިފައި
އެތައްހާސް ރޮހިންޖާ މުސްލިމުންނެއް ވަނީ ގައުމު ދޫކޮށްދާން ޖެހިފައި
ގޫގުލް
ރޮހިންޖާ މުސްލިމުން
ބަންގްލަދޭޝްގައި ތިބި 145،000 ރޮހިންޖާ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ގެ ނުރައްކާ އެބައޮތް: ޑީއީސީ
މާބަނޑު ނުވަތަ ގާތުން ކިރުދޭ ފަންސާސް ހާސް މައިންނަށް ރަނގަޅު ކާނާ ބޭނުންވޭ

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ގޮސްފައިވާ މުސްލިމުންގެ ތެރޭގައި ހިމެނޭ 145،000 ކުޑަކުދިންނަށް މެލްނިއުޓްރިޝަން، ނުވަތަ ފައިދާހުރި ކާނާ ހަށިގަނޑަށް ބޭނުންވާ ވަރަށް ނުލިބުމުން ސަބަބުން ލިބޭ ގެއްލުން ތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ 13 ޗެރިޓީއެއްގެ މައްޗަށް ހިމެނޭ ގްރޫޕެއް ކަމަށްވާ ޑީޒާސްޓާސް އިމާޖެންސީ ކޮމިޓީ ން ބުނީ ބަންގްލަދޭޝްގައި ތިބި 14,000 ރޮހިންޖާ ކުޑަކުދިންނަށް މިހާރުވެސް ވަރަށް ބޮޑަށް މެލްނިއުޓްރިޝަން ކުރިމަތިވެފައިވާ ކަމަށެވެ. 

ޑީޒާސްޓާސް އިމާޖެންސީ ކޮމިޓީން ބުނެފައި ވަނީ ބަންގާޅުގައި ތިބި ރޮހިންޖާގެ ދަރިކޮލުގެ މާބަނޑު ނުވަތަ ގާތުން ކިރުދޭ ފަންސާސް ހާސް މައިންނަށް ރަނގަޅު ކާނާ ބޭނުންވާ ކަމަށެވެ. 

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާއިން ވަނީ މިޔަންމާގެ ރޮހިންޖާ  މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާ އިން ފަށާފައިވާ  އޮޕަރޭޝަނާ ބެހޭގޮތުން އދ އިން ބުނެފައި ވަނީ އެއީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް ރޮހިންޖާ ދަރިކޮޅުގެ 500،000 އަށް ވުރެ ގިނަ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވެއެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް