ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 19:53
Mi-17 V5 މަރުކާގެ ހެލިކޮޕްޓަރެއް
Mi-17 V5 މަރުކާގެ ހެލިކޮޕްޓަރެއް
ގެޓީ އިމޭޖަސް
އިންޑިއާގެ އެއާ ފޯސް
އިންޑިއާގެ އެއާ ފޯސްގެ ހެލިކޮޕްޓަރެއް ވެއްޓި ހަތް މަރު
ހާދިސާ ހިނގީ އިންޑިއާ އާ ޗައިނާ ގުޅޭ ބޯޑަރު ކައިރީގައި

އިންޑިއާގެ އިރުއުތުރުގައި އޮންނަ އަރްނަޗަލް ޕްރަދޭޝްގެ މަތިން ދަތުުރު ކުރަނިކޮށް،  އިންޑިއާގެ އެއާ ފޯސް ގެ ހެލިކޮޕްޓަރެއް ވެއްޓި ހަތް މީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގީ ހުކުރު ދުވަހު ހެނދުނު  އިންޑިއާ ގަޑިން 6 ޖެހިއިރު އިންޑިއާ އާ ޗައިނާ ގުޅޭ ބޯޑަރު ކައިރީގައެވެ. ރިޕޯޓުތައް ބުނާގޮތުން ހާދިސާ ގައި މަރުވެފައި ވަނީ އެއާ ފޯސް ކްްރޫގެ ފަސް މީހަކާއި އިންޑިއާ ސިފައިންގެ ދެ މީހެކެވެ.

ވެއްޓުނު ހެލިކޮޕްޓަރަކީ Mi-17 V5 މަރުކާގެ ރަޝިއާގެ އުފެއްދުމެކެވެ. އަދި މިއީ އެންމެ ޒަމާނީ މިލިޓްރީ ޓްރާންސްޕޯޓް ހެލިކޮޕްޓަރުތަކުގެ ތެރޭގައި ހިމެނޭ ހެލިކޮޕްޓަރެކެވެ. 

މިހާދިސާ މިހާުރު ދަނީ ތަހުގީގު ކުރަމުންނެވެ. 

އިންޑިއާގެ އެއާ ފޯސްގެ ވައިގެ އުދުހުންތަކުގައި ގިނަ އަދަދަކަށް ވައިގެ އުޅަންދުތައް ވެއްޓުމުގެ ހާދިސާތައް ހިނގާތީ ވަނީ އެއާ ފޯސްއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް