ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 13:22
ފައިލް ފޮޓޯ: ޖަޕާނަށް އޭޕްރީލް މަހު އައި ބިން ހެލުމާއި ގުޅިގެން ވެއްޓިފައިވާ ގެއެއްގެ ކައިރީގައި ކުއްލި ޙާލަތުގައި މަސައްކަތް ކުރާ ފުލުހަކު ހަރަކާތްތެރި ވަނީ
ފައިލް ފޮޓޯ: ޖަޕާނަށް އޭޕްރީލް މަހު އައި ބިން ހެލުމާއި ގުޅިގެން ވެއްޓިފައިވާ ގެއެއްގެ ކައިރީގައި ކުއްލި ޙާލަތުގައި މަސައްކަތް ކުރާ ފުލުހަކު ހަރަކާތްތެރި ވަނީ
ސީ.އެން.އެން
ޖަޕާން ބިންހެލުން އައުން
ޖަޕާނުގެ އިރުމައްޗަށް 6.3 މެގްނިޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެ
ބިން ހެލުން އައިސްފައިވަނީ ޖަޕާނުގެ އިރުން ޕެސިފިކް ކަނޑުގެ 77.8 ކިލޯމީޓަރު އަޑިއަށް

ޖަޕާނުގެ އިރުމައްޗަށް 6.3 މެގްނިޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެ އެވެ.

ބިން ހެލުން އައިސްފައިވަނީ ޖަޕާނުގެ އިވާކީ، ހޮންޝޫގެ އިރުން 300 ކިލޯމީޓަރު ބޭރުން ޕެސިފިކް ކަނޑުގެ 77.8 ކިލޯމީޓަރު އަޑިއަށް ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާރވޭ އިން މަޢުލޫމާތު ދެއެވެ.

ބިން ހެލުން އައިސްފައިވަނީ ޖަޕާނުގެ އިރުމަތީ އައްސޭރި ފަށުގައިވާ ފުކުޝީމާ ނިއުކްލިއަރ ހާދިސާ ހިނގި ސަރަޙައްދުގެ ކައިރިއަށް ކަމަށް އިނގިރޭސީ ނޫހެއް ކަމަށްވާ ދަ ސަން އިން ރިޕޯޓް ކުރެއެވެ.

ބިން ހެލުމުގެ ބާރު މިން ވަޒަންކުރާ މެގްނިޓިއުޑް އަކީ އާއްމު ގޮތެއްގައި ފުރަތަމަ ރެކޯޑް ކުރެވޭ މިންވަރަށް ބަދަލު އަންނަ މަޢުލޫމާތު ތަކަކަށް ވުމާއެކު، މިބިން ހެލުމުގެ ބާރު މިނަށް ބަދަލު އައުމުގެ ފުރުޞަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބިން ހެލުމާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުން ލިބުނު ކަމުގެ މަޢުލޫމާތު ލިބިފައެއްނުވެ އެވެ.

މީގެ ކުރިން 2011 ވަނަ އަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހު އެ ސަރަޙައްދަށް އައި 9.0 މެގްނިޓިއުޑްގެ ބިން ހެލުމާއި ގުޅިގެން ފުކުޝީމާ ނިއުކްލިއަރ ޕްލާންޓުން ގިނަ އަދަދެއްގެ ރޭޑިއޯއެކްޓިވް ވިހަ ބޭރުވެފައިވެއެވެ. އެ ބިން ހެލުމަށްފަހު އެސަރަޙައްދަށް ސުނާމީ އެއް އަރާފައިވެއެވެ.

ކްޓިވް ވިހަ ބޭރުވެފައިވެއެވެ. އެ ބިން ހެލުމަށްފަހު އެސަރަޙައްދަށް ސުނާމީ އެއް އަރާފައިވެއެވެ.

- ކޮމެންޓް
6 އޮކްޓޯބަރ 2017 | ހުކުރު 23:16
ޕްލާންޓުން
ތީއައީ އަބަދުވެސް ހިގާ ކަންކަން އަހަރުމެންނަށް ނޭންގެނީ މިޒަމާނުގެވަަސީލަތް ތަކުން އަވަސްހަބަރު ލިބެނީ އަހަރުމެންގެ ސްޓުރެސް މަތިކުރަން ތިވާހަކަ ގެންނާނެކަމެއްނެތް. މިއުޅެނީ އަހަރުމެންގެ އަމިއްލަހާލާއިގެންވެސްނޫޅެވިގެން