ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 21:04
އެތައް ހާސް ރޮހިންޖާ މުސްލިމުންނެއް ވަނީ ގައުމު ދޫކޮށް ދާން ޖެހިފައި
އެތައް ހާސް ރޮހިންޖާ މުސްލިމުންނެއް ވަނީ ގައުމު ދޫކޮށް ދާން ޖެހިފައި
ބީބީސީ
ރޮހިންޖާ މުސްލިމުން
ބަންގްލަދޭޝްގައި އުޅޭ ރޮހިންޖާ މުސްލިމުންންނަށް ބޮޑު ރެފިއުޖީ ކޭމްޕެއް ބިނާ ކުރަނީ
ބަންގްލަދޭޝްގައި 800،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން އެބަތިބި

 

ދުނިޔޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ބަންގްލަދޭޝްގައި ބިނާނުކުރަން ނިންމާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ. 

މިޔަންމާގެ އަސްކަރިއްޔާ އިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ބަންގްލަދޭޝްގައި ތިބި 800،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބޭއްތިބުމަށް ބަންގްލަދޭޝް އިން ދުނިޔޭގައި  މިހާތަނަށް ބިނާކުރާ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ބިނާކުރާ އިރު، މިދިޔަ އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން 500،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް އެތެރެވެފައި ވެއެވެ. އަދި އޭގެ ކުރީއްސުރެ ބަަންގްލަދޭޝްއަށް އެތެރެވެފައި ތިބި 300،000 މީހުން ހިމެނެއެވެ. 

ބަންގްލަދޭޝް އިން ބޮޑު ރެފިއުޖީ ކޭމްޕެއް ހަދަން ނިންމާފައިވާ އިރު އެތަން ހަދަނީ ކޮކްސް ބާޒާރު ޓައުންގައި މިހާރު ހުންނަ ކުޓުޕަލަޮން ރެފިއުޖީ ކޭމްޕްގެ ޖާގަ އިތުރުކޮށްގެންނެވެ. 

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ  މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާ އިން ފަށާފައިވާ  އޮޕަރޭޝަނާ ބެހޭގޮތުން އދ އިން ބުނެފައި ވަނީ އެއީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 500،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

 

 

- ކޮމެންޓް