ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 16:39
ހެއިންކޭސް 2013 ވަނަ އަހަރު ބަޔާންގެ ކޯޗެއްގެ ގޮތުގައި
ހެއިންކޭސް 2013 ވަނަ އަހަރު ބަޔާންގެ ކޯޗެއްގެ ގޮތުގައި
ގޫގުލް
ބަޔާންގެ ކޯޗު
ހެއިންކޭސް އެނބުރި ބަޔާންގެ ކޯޗަކަށް
ހެއިންކޭސް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ބަޔާންއަށް ކޯޗުކަން ކޮށްދީފަ
2013 ވަނަ އަހަރު ބަޔާންއަށް ތިން ތަށި އޭނާ ހޯދައިދިން
ހެއިންކޭސް ވަނީ މީގެ އިތުރުން ބަޔާންގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑަށް ވެސް ކޯޗުކަން ކޮށްދީފަ

ބަޔާންގެ ވަގުތީ ކޯޗެއްގެ ގޮތުގައި އެ ޓީމަށް ކުރިން ކޯޗުކަން ކޮށްދިން ޖުޕް ހެއިންކޭސް ހަމަޖެއްސުމަށް އެ ކްލަބުން ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޖަރުމަނުގެ މީޑީއާއިން މިހެން ރިޕޯޓުކޮށްފައިވާ އިރު ހެއިންކޭސް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ބަޔާންއަށް ކޯޗުކަން ކޮށްދީފައެވެ. އެގޮތުން އޭނާވަނީ 2013 ވަނަ އަހަރު ބަޔާންއަށް ޔުއެފާ ޗެމްޕިއަންސް ލީގާއި ބުންޑެސްލީގާގެ އިތުރުން ޖަރުމަނު ކާމިޔާބު ކޮށްދީފައެވެ.

ބަޔާންއިން ވަނީ މިދިޔަ ހަފްތާގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި 3-0 ގެ ނަތީޖާއަކުން އެ ޓީމު ފްރާންސްގެ ޕީއެސްޖީގެ އަތުން ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗުގެ މަގާމުން ކާލޯ އަންޗެލޯޓީ ވަކިކޮށްފައެވެ. އަންޗެލޯޓީ ވަކި ކުރުމާ ވިދިގެން އެ ޓީމުން އޭގެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމަށް އިރުޝާދު ދީފައި ވަނީ އެސިސްޓަންޓް ކޯޗު ކަމުގެ މަގާމުގައި ހުރި ވިލީ ސަންޔޯލްއެވެ.

ބަޔާންގެ ކޯޗު ކަމުގެ މަގާމާއި ހޮފެންހައިމްގެ ކޯޗު ޖޫލިއަން ނަގެލްސްމަން އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ތޯމަސް ޓުޗްލްގެ އިތުރުން ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ލުއިސް އެންރިކޭވެސް ހަވާލު ވެދާނޭ ކަމަށް މީގެ ކުރިން އަޑުތަށް ވަނީ ފެތުރިފައެވެ. އެހެނަސް ރިޕޯޓުތައް ބުނާ ގޮތުން ބަޔާންއިން މިހާރު ވަނީ މި ސީޒަން ނިމެންދެން ހައިންކޭސް އެ ޓީމަށް އިރުޝާދު ދިނުމަށް ކޯޗެއްގެ ގޮތުގައި އައްޔަން ކުރުމަށް ނިންމާފައެވެ.

ހައިންކޭސް ބަޔާންގެ ކޯޗެއްގެ ގޮތުގައި އައްޔަނުކުރަން ނިންމާފައިވާއިރު އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅު ވެފައެއް ނުވެއެވެ. އަދި މިވަގުތު އެ ޓީމު އޮތީ ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ ފަސް ޕޮއިންޓް މަދުން ލިބި ބުންޑެސް ލީގާގެ ތާވަލުގެ ދެވަނައިގައެވެ.

ހެއިންކޭސް އަލުން އެނބުރި ކޯޗެއްގެ ގޮތުގައި އަންނާނެ ކަން ގާތްގަނޑަކަށް ކަށަވަރު ވެފައިވާއިރު 2013 ވަނަ އަހަރު ބަޔާންއަށް ތިން ތަށި ހޯދައި ދިނުމަށް ފަހު އޭނާ ބުނެފައިވަނީ އޭގެ ފަހުން އެއްވެސް ޓީމަކަށް ކޯޗުކޮށް ނުދޭނެ ކަމަށެވެ. ހެއިންކޭސް ވަނީ މީގެ އިތުރުން ބަޔާންގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑާއި އެޓްލެޓިކް ބިލްބާއޯގެ އިތުރުން ޕޯޗުގަލްގެ ބެނެފީކާއަށް ވެސް ކޯޗުކަން ކޮށްދީފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް