ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 22:06
ޗެލްސީ އަށް ކުޅޭ ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ
ޗެލްސީ އަށް ކުޅޭ ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ
ގޫގުލް
އަލްވާރޯ މޮރާޓާ
މޮރާޓާގެ އެނބުރި އައުމަށް މަހަކަށްވުރެ ގިނަ ދުވަސް ނަގާނެ
އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖްގެ ފަހު ދެމެޗު ގެއްލޭނެ
ވޯލްޑް ކަޕް ކޮލިފައިންގައި ސްޕެއިން ކުޅެން ޖެހެނީ އިސްރާއިލް އަދި އަލްބޭނިއާ އާއި ދެކޮޅަށް

ޗެލްސީ އަދި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ މަހަކަށް ވުރެ ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މޮރާޓާގެ ފަލަމަސްގަނޑަށް އަނިޔާވެފައި ވަނީ ހޮނިހިރު ދުވަހު މެންޗެސްޓަރ ސިޓީ އަތުން މޮޅުވި މެޗުގައެވެ.

އަނިޔާގެ ސަބަބުން ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖްގައި ކުޅެން ޖެހޭ ފަހު ދެމެޗު ގެއްލިފައިވާ މޮރާޓާގެ އަނިޔާގެ ޙާލަތު ބެލުމަށް ފަހު ސްޕެއިންގެ ޤައުމީ ޓީމުގެ ޑޮކްޓަރުން ވަނީ މޮރާޓާގެ ފަލަމަސްގަނޑަށް ލިބިފައިވަނީ ދެވަނަ ދަރަޖައިގެ އަނިޔާ އެއް ކަމަށް ބުނެފައެވެ.

އާއްމު ގޮތެއްގައި މަސްގަނޑަށް ލިބޭ މިފަދަ އަނިޔާ އިން ސަލާމަތްވުމަށް ހަތަރު ހަފްތާއާއި އަށް ހަފްތާއާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

މޮރާޓާގެ އިންސްޓަގްރާމް އެކައުންޓުގައި އަންގާރަ ދުވަހު ކުރި ޕޯސްޓެއްގައި ވަނީ، އޭނާގެ އަމާޒު ހުރީ އިނގިރޭސި ޕްރިމިއަރ ލީގުގައި އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހު ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗަށް ކަމަށެވެ. އެހެން ނަމަވެސް މޮރާޓާ ފަހުން ވަނީ އޭނާ ކުރި އިންސްޓަގްރާމް ޕޯސްޓް ޑިލީޓްކޮށްފަ އެވެ.

ފާއިތުވި ހޫނު މޫސުމުގައި ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުން، 60 މިލިއަން ޕައުންޑުގެ އަގަކަށް ޗެލްސީ އާއި ގުޅުނު ފޯވާޑަކީ، ސީޒަނުގެ މިހާތަނަށް ޗެލްސީ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިސީޒަނުގައި ޗެލްސީ އަށް ހަތް ލަނޑު ޖަހައިދީފަ އެވެ. މޮރާޓާގެ ޓްރާންސްފަރ އަކީ ޗެލްސީގެ ރެކޯޑެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް