ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 18:58
ގައުމީ 19 އަހަރުން ދަށުގެ ކްރިކެޓް ޓީމާއެކު ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ފޮޓޯއަކަށް ހުއްޓިވަޑައިގެން
ގައުމީ 19 އަހަރުން ދަށުގެ ކްރިކެޓް ޓީމާއެކު ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ފޮޓޯއަކަށް ހުއްޓިވަޑައިގެން
ޓްވިޓަރ
ކްރިކެޓް ޓީމު
19 އަހަރުން ދަށުގެ ކްރިކެޓް ޓީމު ކޭމްޕް ކުރުމަށް ލަންކާ އަށް ފުރައިފި
ކްރިކެޓް ޓީމު ލަންކާގައި ފަސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައި

އޭސީސީ 19 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި  ވާދަކުރާ ރާއްޖޭގެ 19 އަހަރުން ދަށުގެ ކްރިކެޓް ޓީމު ތަމްރީން ކޭމްޕްއަކަށް ލަންކާ އަށް ފުރައިފިއެވެ.

މުބާރާތައް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމް ލަންކާގައި ކުރާ ކޭމްޕްގައި އެ ގައުމުގައި ފަސް މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި، މެޗުތައް ކުޅޭނީ ލަންކާ ސްކޫލްތަކުގެ ތިން ޓީމު އަދި ކްލަބް ލެވެލްގެ ދެޓީމާ ދެކޮޅަށް ކަމަށް މައުލޫމާތު ލިބެއެވެ.

ލަންކާ އަށް ފުރި ޓީމުގައި ޖުމްލަ 18 ކުޅުންތެރިން ހިމެނޭއިރު، އޭގެ ތެރެއިން ކުވައިތުގައި އޮންނަ މުބާރާތައް ދާނީ 14 ކުޅުންތެރިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަންނަ އޮކްޓޫބަރު މަހުގެ 11 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުވައިތުގައި ކުރިޔަށްދާ މުބާރާތުގައި ރާއްޖެއާ އެކު ދެން އެއް ގްރޫޕެއްގައި ހިމެނެނީ އީރާން، ކުވައިތު އަދި ގަތަރެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޔޫއޭއީ، އޮމާން އަދި ބަހުރޭންއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި 13 އޮކްޓޫބަރުގައި އިރާންއާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، ދެވަނަ މެޗުގައި 15 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ގަތަރާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ނިކުންނާނީ 16 އޮކްޓޫބަރުގައި ކުވައިތާ ދެކޮޅަށެވެ.

މުބާރާތުގެ ސެމީގެ މެޗުތައް 18 އޮކްޓޫބަރުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް