ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 18:53
 ރެކްރިއޭޝަން ފުޓްސަލް މުބާރާތުގެ ލޯގޯ
ރެކްރިއޭޝަން ފުޓްސަލް މުބާރާތުގެ ލޯގޯ
އެފްއޭއެމް
ރެކްރިއޭޝަން ފުޓްސަލް މުބާރާތ
ޕްރެޒިޑެންޓްސް ކަޕް ރެކްރިއޭޝަން ފުޓްސަލް މުބާރާތުގެ ގުރު ނަގައިފި
މި މުބާރާތުގައި 99 މެޗު ކުޅުމަށް ހަމަޖެހިފައިވޭ
މި މުބާރާތުގައި ޖުމްލަ 45 ޓީމު ވާދަކުރޭ

ޕްރެޒިޑެންޓްސް ކަޕް ރެކްރިއޭޝަން ފުޓްސަލް މުބާރާތުގެ ގުރު ނަގައިފިއެވެ.

ހޯމަ ދުވަހު އެފްއޭއެމް ހައުސްގައި ކުރިޔަށްދިޔަ ރަސްމިއްޔާތެއްގައި ގުރު ނަގާފައިވާއިރު، މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ.

އޮފީސް އަދި ކުންފުނިތައް މެދުގައި ބާއްވާ މި މުބާރާތުގައި ޖުމްލަ 45 ޓީމު ވާދަކުރެއެވެ. އެއީ ފިރިހެން 38 ޓީމު އަދި އަންހެން ހަތް ޓީމެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ ޓީމުތައް ވަނީ 8 ގުރޫޕަކަށް ބަހާލާފައެވެ. އެގޮތުން ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ދެވަނަ ބުރަށް ދަތުރު ކުރާނެއެވެ. ދެވަނަ ބުރުގައި 16 ޓީމު ވާދަކުރާއިރު، ދެވަނަ ބުރު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮކައުޓް އުސޫލުންނެވެ.

މުބާރާތުގެ އަންހެން ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން ވެސް ސެމީ އަށް ދަތުރު ކުރާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ.

މި މުބާރާތުގައި 99 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހުޅުވާ މެޗުގައި ބައްދަލު ކުރާނީ އޭޖީ އޮފީސް އަދި ފެނަކައެވެ.

މުބާރާތުގެ އެއްވަނަ ހޯދާ ފިރިހެން އަދި އަންހެން ޓީމަށް އެއްލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ކުޅުން ކުރިޔަށް ދާނީ ހެންވޭރު ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް