ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 12:30
މީރާ އާއި ޝާހިދު ކަޕޫރު
މީރާ އާއި ޝާހިދު ކަޕޫރު
ބޮލީވުޑް ހަންގާމާ
މީރާ-ޝާހިދު ކަޕޫރު
މީރާ ފިލްމް ކުޅެން ބޭނުން ނަމަ އެކަން ވާނެ: ޝާހިދު ކަޕޫރު
ޝާހިދު އާއި މީރާއަށް ވަނީ އެމީހުންގެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައި

އަންހެނުން މީރާ ފިލްމު ކުޅެން ބޭނުން ނަމަ އެކަން ވާނެ ކަމަށް ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރު ބުނެފިއެވެ.

ޝާހިދު ބުނީ މީރާއަށް އޭނާ ބޭނުން ކަމެއް ކުރުމަށް ފުރުސަތު އޮނާނެ ކަމަށެވެ. އަދި އޭނާގެ ސަޕޯޓް ލިބޭނެ ކަމަށް ޝާހިދު ބުންޏެވެ.

ޝާހިދު މިހެން ބުނެފައި ވަނީ މީރާ ފިލްމު ކުޅެން ބޭނުން ނަމަ އޭނާ އެ ފުރުސަތު މީރާއަށް ދޭނަންތޯ ސުވާލު ކުރުމުންނެވެ. އެހެން ނަމަވެސް މީރާ ފިލްމު ކުޅޭނެ ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.  

މީގެ ކުރިން ޝާހިދު ކައިރިން ނޫސްވެރިއަކު އެ ސުވާލުކުރުމުން ބުނެފައި ވަނީ މީރާއަކީ އެކްޓަރެއް ނޫން ކަމަށާއި އޭނާގެ ލޯބިވާ އަނބިމީހާ ކަމަށެވެ.  

ޝާހިދު އާއި މީރާއަށް ވަނީ އެމީހުންގެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައެވެ. އެ ދެ މީހުންނަށް އަންހެން ކުއްޖަކު ލިބިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު 26 ގައެވެ.

އެދެމީހުން ކައިވެނި ކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ.

ޝާހިދު މިހާރު ބޮލީވުޑްގައި ކުރާ މަސައްކަތަކީ "ޕާދްމަވަތީ" ގެ މަސައްކަތެވެ. އެފިލްމު ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ 1 ގައެވެ. އެ ފިލްމުގައި ޝާހިދުގެ އިތުރުން ފެނިގެންދާނީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް އެވެ.

- ކޮމެންޓް