ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 12:36
ސެލީނާ އޭނާގެ ފިރިމީހާ އެއްމާބަނޑު ދެކުދިންނާ އެކު
ސެލީނާ އޭނާގެ ފިރިމީހާ އެއްމާބަނޑު ދެކުދިންނާ އެކު
ގޫގުލް
ސެލީނާ ޖެއިޓްލީ
ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ
މީގެ ކުރިން ވެސް ސެލީނާ އަށް ވަނީ އެއްމާބަނޑު ދެ ކުދިން ލިބިފައި

ބޮލީވުޑްގެ އެކްޓްރެސް އަދި ރީތީގެ ރާނީ ސެލީނާ ޖެއިޓްލީ އެއްމާބަނޑު ދެ ފިރިހެން ކުދިން ދެވަނަ ފަހަރަށް ވިހާފައި ވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. އޭނާއަށް ލިބުނު ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ވަނީ މަރުވެފައެވެ.

ދެ ކުދިންގެ ތެރެއިން ކުއްޖަކު މަރުވިކަން ހާމަކުރަމުން ސެލީނާ ބުނެފައި ވަނީ އޭނާ އާއި އާއިލާ ވަނީ ވަރަށް ފުން ހިތާމައެއްގައި ކަމަށެވެ. 

ސެލީނާގެ ފިރިހެން ދަރިފުޅު މަރުވުމާ ގުޅިގެން ފޭސްބުކްގައި އާންމު ކުރި ސްޓޭޓަސްގައި ބުނެފައިވަނީ އޭނާގެ ދަރިފުޅު މަރުވެފައި ވަނީ އުފެދުމުގައި ހުރި ހިތުގެ މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ސެލީނާއަށް މީގެ ކުރިން ވެސް ލިބިފައި ވަނީ އެއްމާބަނޑު ދެ ކުދިންނެވެ.  ސެލީނާއަށް މީގެ ފަސް އަހަރު ކުރިން ލިބިފައިވާ އެއްމާބަނޑު ދެ ފިރިހެން ކުދިންނަށް ކިޔަނީ ވިންސްޓަން އާއި ވިރާޖްއެވެ.

ދުބާއީގައި ހޮޓަލެއް ހިންގަމުންދާ ޕީޓާ އާއި 2011 ވަނަ އަހަރު ކައިވެނިކުރުމަށް ފަހު ސެލީނާ ވަނީ ދިރިއުޅުން ދުބާއީ އަށް ބަދަލުކޮށްފަ އެވެ.

 ސެލީނާއަކީ 2001 ވަނަ އަހަރުގެ މިސް އިންޑިއާ އެވެ. އަދި އޭނާ ވަނީ 2001 ވަނަ އަހަރު މިސްޔުނިވާސްގެ ރަނަރަޕުގެ ހަތަރު ވަނައިގައި ހިމެނިފައެވެ.

ސެލީނާ އެންމެ ފުރަތަމަ ފެނުނީ 2005 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ސިލްސިލޭ"އިންނެވެ. އަދި އެއަށް ފަހު ހަމަ އެއަހަރު ނިކުތް "ނޯ އެންޓްރީ"ގައި ވެސް ސެލީނާވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ސެލީނާ ކުޅެފައިވާ ފިލްމުތަކަކީ 2006 ވަނަ އަހަރު ނިކުތް "ޓޮމް، ޑިކް އެންޑް ހެރީ" އަދި 2008 ވަނަ އަހަރު ނިކުތް "ގޯލްމާލް ރިޓާންސް" އެވެ.

- ކޮމެންޓް