ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 07:30
މަހުޖަނު ރިޗަޑް ބްރޭންސަން
މަހުޖަނު ރިޗަޑް ބްރޭންސަން
އާމިނަތު ނުޒުހާ
ސައުދީ
މަހުޖަނު ރިޗަޑް ބްރޭންސަން ސައުދީ ރެޑްސީ ޕްރޮޖެކްޓްގައި އިންވެސްޓްކޮށް 50 ރިސޯޓް ތަރައްގީ ކުރަނީ!
ރިޗަޑްގެ ކުންފުންޏަކީ ރެޑްސީ ޕްރޮޖެކްޓްގައި އިންވެސްޓްކުރާ ބައިނަލްއަގުވަމީ ފުރަތަމަ ކުންފުނި
ރިސޯޓްތައް ހެދުމުގެ މަސައްކަތް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު

ވާރޖިން ގްރޫޕްގެ ވެރިޔާ ރިޗަޑް ބްރޭންސަން ސައުދީއަރބިއްޔާގައި 50 ރިސޯޓް ތަރައްގީކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ރިޗަޑްގެ ކުންފުންޏަކީ ރެޑްސީ ޕްރޮޖެކްޓްގައި އިންވެސްޓްކުރާ ބައިނަލްއަގުވަމީ ފުރަތަމަ ކުންފުންޏެވެ. އަދި އެ ޕްރޮޖެކްޓްގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމަށް އެގައުމު ހުޅުވިގެންދާނެ ކަމަށް އެގައުމުން ބުންނެއެވެ.

ރިޗަރޑް ބްރޭންސަން މިހާރު ހުރީ ވެސް ސައުދީ އަރަބިއްޔާގައެވެ.
 

ސައުދީން  2030އަށް އަމާޒުކޮށް ފަށާފައިވާ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ސައުދީ އިގްތިސާދު ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އިގްތިސާދު މުޅިން އާ މޮޑެލްއަކަށް ބަދަލުކޮށްލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިމަޝްރޫއުގެ ދަށުން، ދުނިޔޭގައި ސައުދީ އަރަބިއްޔާގެ ތަސައްވުރު ރަނގަޅުކޮށް، ސައުދީ އަރަބިއްޔާ ޕްރޮމޯޓް ކުރުމުގެ ވަރަށް ވަރުގަދަ ކެމްޕެއިނެއް ވެސް ސައުދީ މީޑިއާއިން ވަނީ ފަށާފައެވެ.

ރިސޯޓްތައް ހެދުމުގެ މަސައްކަތް ފެށުމަށް މިހާރު ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުއެވެ. އެކަމަށް ބޭނުންވާ ވަގުތީ ފަންޑުތައް ފޯރުވައި ދޭނީ ސައުދީ ސަރުކާރުގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ކަމަށް ވެއެވެ.

ސައުދީ ސަރުކާރުން ބުނެފައި ވަނީ، އަލަށް ހަދާ ރިސޯޓްތައް ހުޅުވުމުން 35،000 ވަޒީފާ އުފެދިގެންދާނޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް